ބަރަހަނާ ވެބްސައިޓްތައް ބްލޮކްކުރަން ނިންމުމުން މަޚުލޫފްގެ ތައުރީފް ސަރުކާރަށް
ސަރުކާރުގެ އެންގުމަށް ރާއްޖޭގައި ބަރަހާނާ ވެބްސައިޓްތައް ބްލޮކް ކުރުމާއި ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް ތަޢުރީފު ކުރައްވައިފިއެވެ.
މަޚުލޫފް މިކަމާއި ގުޅިގެން އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ސަރުކާރުން ނިންމިކަމީ މި މުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް ކަމަށެވެ.
“މިކަމުގެ ސަބަބުން އެނގުމާއި ނޭނގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން، މި މުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރު އަދާކުރަން” ކުރީގެ ޔޫތު މިނިސްޓަރު މަޚުލޫފް ވިދާޅުވެފައިވެއެވެ.
އެފަދަ ސައިޓްތަަކަށް ނުވަދެވޭހެން ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ސަރުކާރުން ވަނީ އަންގައިފައެެވެ. އެކަން ސަރުކާރުގެ އޮފިޝަލަކު ވަނީ “ވޮއިސް”އަށް ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި ބޭނުންކުރާ މުވާސަލާތީ އެެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެފަދަ އެއްވެސް ސައިޓަކަށް ނުވަދެވޭހެން ބްލޮކް ކޮށްފައިވާއިރު މިއީ ރާއްޖޭގައި މިފަދައިން ބަރަހާނާ ވެބްސައިޓް ބްލޮކްކުރި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް