އަލިފުށި ކައިރިއަށް މަސްހިފަން މޫދަށް ފޭބި ދިވެހި ޒުވާނެއް މަރުވެފައި އޮއްވާ ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސްހިފަން މޫދަށް ފޭބި ދިވެހި ޒުވާނެއް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ، އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސްހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން، އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމަށް މިއަދު 12:08 ކަން ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ނަގައިގެން ރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާ މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް