25އަހަރަށްފަހު ޝަރީފް ބީއެމްއެލްއިން ވަކިވެ ވަޑައިގަންނަވައިފި
ބޭންކް އޮފް މޯލްޑިވްސްގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަދި ސީއޯއޯގެ މަގާމުން މުހައްމަދު ޝަރީފު އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ވަނީ ބީއެމްއެލްގެ ފަރާތުން މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޝަރީފް އިސްތިއުފާދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.
ބީއެމްއެލްގައި މަސައްކަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޝަރީފް ވަނީ ބޭންކްގެ މުހިންމު ވަޒީފާތަކެއް އަދާކުރައްވާ، ބޭންކްގެ ޚިދުމަތްތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ.
އެގޮތުން ހެޑް އޮފް ކާޑް ސެންޓަރު، ރީޓެއިލް ބޭންކިން ޑިރެކްޓަރު އަދި އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު އަދާކުރެއްވުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް