N/A
N/A
ހަބަރު 17 Feb 2020 | 14:02

އޯޑިއޯގެ މައްސަލައިގައި އަލީ ވަހީދަށް ފިޔަވަޅު އަޅަން ގޮވާލައިފި

ސަރުކާރުގެ ވަޒީރުންނަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށްބުނާ މީހަކު ބޭއަދަބީ ބަހުން ދައްކަވާފައިވާ އޯޑިއޯތަކެއްގެ މައްސަލައިގައި، އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ކައުންސިލު މެންބަރުން ގޮވާލައިފިއެވެ.

އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި ބޭފުޅެކެވެ.

ސަރުކާރުގެ ވަޒީރުންނަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ގުޅުއްވައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވަނީ ވަރަށް ދަށުދަރަޖައިގެ ބަހުން ވާހަކަދައްކަވައިފައެވެ.

ޖޭޕީގެ ކައުންސިލު މެންބަރުންގެ ވަޓްސްއެޕް ގްރޫޕުގައި ބައެއް މެންބަރުން ވަނީ މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކަށް އޭނާ އަށް ފިޔަވަޅު އަޅަން ގޮވައިލާފައެވެ.

އަލީ ވަހީދުގެ އަޚުލާގާއި ދަށު ދަރަޖައިގެ އަމަލުތައް އޯޑިއޯއާ އެކު އާއްމުވެއްޖެ ކަމަށް ވިދާޅުވެ، މެންބަރުން ވަނީ އަލީ ވަހީދު ޕާޓީން ވަކިކުރުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ގޮވައިލައްވައިފައެވެ.

އަދި އެފަދަ އަޚުލާގެއް ނެތް މީހުން ވަގުތުން ޕާޓީން ބޭރުކުރަން ޖެހޭ ކަމަށް ވިދާޅުވެ މެންބަރުން ވަނީ އަލީ ވަހީދާ މެދު ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވައިފައެވެ.

މިނިސްޓަރު ނަހުލާއަށް ފުރައްސާރަކޮށް، އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާފައިވަނީ ނަހުލާއާ އެވެ. ފޯނުން ދެއްކެވި ވާހަކައިގައި ނަހުލާ ވަނީ މިއަދު އިރުއެރީ ކޮން ކޮޅަކުންތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި އަލީ ވަހީދު ވަނީ މިއަދު އިނީ ހަމަ އިރުމައްޗާ ދިމާލަށް އެންޓަނާއަކަށް ދިދަ ނަގައިގެން ކަމަށް ވިދާޅުވެފައެވެ.

މިނިސްތަރު ނަހުލާގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވާ ހަޑިހުތުރު ބަހުން އަލީ ވަހީދު ކަމަށް ބުނާ އެމީހާ ވަނީ ވާހަކަދައްކަވައިފައެވެ.

އޭގެއިތުރުން އަށް ލައްކަ ރުފިޔާގެ ދަރަނިން ސަލާމަތްވުމަށް ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ގުޅޭގޮތުންވެސް ލީކުވި އޯޑިއޯއެއްގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.