ރައީސް ޞާލިހާއި ފާރިޝް މައުމޫނު ބައްދަލުކުރެއްވުން/ ފޮޓޯ: އިންޓަނެޓު
ރައީސް ޞާލިހާއި ފާރިޝް މައުމޫނު ބައްދަލުކުރެއްވުން/ ފޮޓޯ: އިންޓަނެޓު
ހަބަރު 17 Mar 2023 | 16:57

ފާރިޝްއަށް ރަނިން މޭޓުކަމެއް ނުދޭނެ، އެމްއާރުއެމްވެސް ދިޔުޅި ދިގުނުކޮށް ވަކިވޭ: ޝަރީފު

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމެންޓު(އެމްއާރުއެމް) ވެސް ދިޔުޅި ދިގުނުކޮށް ކޯލިޝަނުން ވަކިވުމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު ގޮވާލައްވައިފި އެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު ކޯލިޝަން ހެދުމާއި މެދު އެމްއާރުއެމުން ގޮތެއް ނުނިންމާ ގިނަ ދުވަސްތަކެއް ވަމުންދާތީ ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝަރީފު ވިދާޅުވީ އެމްއާރުއެމުން ބޭނުން ނަމަ މިހާރުވެސް ސަރުކާރު ކޯލިޝަނުން ނިކުންނަނީ ކަމަށެވެ. އަދި ކޯލިޝަނުން ބޭރުވުމަށް ގޮތެއް ނުނިންމާ ދިޔުޅި ދިގު ކުރުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު ޝަރީފު ވިދާޅުވީ ކޯލިޝަން ހެދުމާއި މެދު ގޮތެއް ނުނިންމާ އެމްއާރުއެމުން ކިތަންމެ ވަރަކަށް ދިގު ދަންމާލި ނަމަވެސް އެމްޑީޕީއިން ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫނަށް އެ ޕާޓީގެ ރަނިން މޭޓުކަން ނުދޭނެ ކަމަށެވެ.

އެހެންކަމުން، އެ އުންމީދުގައި ކޯލިޝަންގައި ތިބުމުގެ ނުވަތަ ކޯލިޝަނުން ބޭރުނުވެ އަންނަ ރިޔާސީ އިންތިޚާބަށް ގޮތެއް ނުނިންމާ ތިބުމުގެ ބޭނުމެއް ނެތްކަމަށް ޝަރީފު ވިދާޅުވި އެވެ.

"އެމްއާރުއެމް ވެސް ވަކިވާން ބޭނުމިއްޔާ ދިޔުޅި ދިގުނުކޮށް އަވަހަށް ވަކިވީމަ ނިމުނީ، އެމްޑީޕީއަކުން ފާރިޝް މައުމޫނަކަށް ރަނިންމޭޓުކަމެއް ނުދޭނެ. އެއީ ވާނެކަމެއް ނޫން"

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު

ސަރުކާރުގެ ކޯލިޝަނުގައި މިވަގުތު އޮތް އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ޖުމްހޫރީ ޕާޓީންވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓެއް ނެރެގެން، އެ ޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކާއެކު ރިޔާސީ ރޭހުގައި ވާދަކުރުމަށް ނިންމާ އެކަން އިއުލާނުކޮށްފަ އެވެ.

އެމްއާރުއެމުން އަދި ރިޔާސީ އިންތިޚާބަށް ގޮތެއް ނިންމާފައި ނުވާއިރު ކޯލިޝަންގައި ހިމެނޭ އަދާލަތުން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރުމަށް ނިންމާފަ އެވެ. އަދާލަތުގެ އިތުރުން އެމްޑީއޭއިން ވެސް ރައީސް ޞާލިހާއެކު ކޯލިޝަން ހަދަން އޮތީ ނިންމާފައެވެ.

އެހެންކަމުން، އަދާލަތާއި އެމްޑީއޭގެ ކޯލިޝަންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ އިސް ބޭފުޅުންދަނީ ޔަގީންކަމާއެކު ވިދާޅުވަމުން ނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.