އެފްކޮންސް މުވަޒަފުން އިހުތިޖާޖު ކުރަނީ---ފައިލް ފޮޓޯ
އެފްކޮންސް މުވަޒަފުން އިހުތިޖާޖު ކުރަނީ---ފައިލް ފޮޓޯ
ހަބަރު 17 Jun 2023 | 06:30

އެފްކޮންސް މުވަޒަފު މަރުވުން: ގުޅީފަޅުގައި އެފްކޮންސް ތަކެއްޗާއި ވެރިންނަށް ހަމަލާދީ ހާލަތު ގޯސްވެއްޖެ

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވަޒަފަކަށް އިހުމާލުވެ މަރުވުމާއި ގުޅިގެން އެފްކޮންސް މުވަޒަފުން ނިކުމެ ގުޅީފަޅުގައި ހަމަ ނުޖެހުން ހިނގައި ތަކެއްޗައް ގެއްލުންދޭންފަށައިފިއެވެ.

އެގޮތުން މި މަޝްރޫއުގެ މަސައްކަތުގައި އުޅުއްވާ ޕްލޭނިންގ މިނިސްޓްރީ އޮފިޝަލަކު 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މީހާ ވަރަށް ބޮޑަށް ހުން އައިސްގެން ފަރުވާއަށް އެދުންތާ 10 ދުވަސް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ފަރުވާއަށް އެދުމުންވެސް ފަރުވާ ނުލިބުމުން ހިފައްޓަމުން އައިސްފައިވަނީ ޕެނަޑޯލް ގުޅަ ކައިގެން ކަމަށެވެ.

މިހާލަތުގައި އުޅެމުން އައިސް މުވައްޒަފު މީހާ ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި މަސައްކަތައް ނެރެފައި ހުއްޓައެވެ.

މި ހާދިސާގެ ސަބަބުން މަސައްކަތުގެ ސައިޓްގައި ހިތްހަމަ ނުޖެހިގެން މުވައްޒަފުން ދަނީ މުޒާހަރާކޮށް ތަކެއްޗާއި, އެފްކޮންސްގެ އިސްވެރިންނަށް ހަމަލާދެމުންނެވެ.

އެގޮތުން އެފްކޮންސްގެ ސައިޓް މެނޭޖަރަށް ވަރަށް ބޮޑަށް އަނިޔާކޮށް ބޯފަޅާލާފައިވާކަމަށް މައުލޫމާތުލިބިއެވެ.

މީގެ އިތުރުން އެފްކޮންސްގެ ހެލްތް ޕޯސްޓް ހަދާފައިވާ ކޮންޓެއިނަރ ވަނީ ތޮށިންބޭރަށް މޫދަށް ވައްޓާލާފައެވެ.

ބްރިޖް މަސައްކަތަށް އެފްކޮންސްގެ 1،000 އެއްހާ މުވައްޒަފުން ރާއްޖޭގައި އެބަ ތިއްބެވެ. އެއީ:

ގުޅީފަޅުގައި: 800 މުވައްޒަފުން

ހުޅުމާލެ-މާލެ: 200 މުވައްޒަފުން

މީގެ ކުރިން އައްޑޫގެ ސިޓީގެ މަގުތައް ތަރައްގީ ކުރުމުގައި މަސައްކަތްކުރި އެފްކޮންސް މުވައްޒަފުންނަށް މުސާރައާއި ކާނާއާއި ބޭސް ފަރުވާ ނުދިނުމުގެ މައްސަލަވެސް ފެންމަތި ވިއެވެ.

އަދި މިކަމުގެ ސަބަބުން މުވައްޒަފުން އިހްތިޖާޖު ކުރުމުން މި މުވައްޒަފުންނަށް އަނިޔާ ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ފުލުހުންނާއި ހަމައަށް މުވައްޒަފުން ވަނީ މައްސަލަ ގެންގޮސްފައެވެ.

އެފޮކޮންސްގެ އިތުރުންވެސް ރާއްޖޭގެ އެތައް ތަރައްގީގެ މަޝްރޫއުތައް ހަވާލު ކޮށްފައިވާ އިންޑިއާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ކާން ނުދިނުމާއި ބޭސް ފަރުވާ ނުލިބުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ.

އެގޮތުން އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުންވެސް ވަނީ މިކަމުގެ ސަބަބުން މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން ކުރިމަތީގައި އިހްތިޖާޖު ކޮށްފައެވެ.

އެފްކޮންސްގެ ހަމަ ނުޖެހުން ބޮޑުވެފައިވާއިރު, މިހާތަނަށް ފުލުހުންގެ އިދާރާގެ ރަސްމީ ބަހެއް ލިބިފައެއްނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.