ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު 17 Jul 2023 | 05:48

އަމާންކަން ނަގާލުމަށް ކުރާ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނަން: ރައީސް ޞާލިހު

ދިވެހިރާއްޖޭގެ އަމާންކަން ނަގާލުމަށް ކުރާ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މ ދިއްގަރުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ދިވެހިރާއްޖޭގައި އޮތް ބިރުވެރިކަން ނައްތާލާ އަމާންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވީ ވއުދުކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަން ނައްތާލެވިއްޖެ ކަމަށާއި، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކަށް އޮތް ނުފޫޒު ނައްތާލެވިއްޖެ ކަމަށެވެ.

މިހާރު ޚިޔާލުފާޅުކޮށްގެން ވަޒީފާއިން ވަކިވާން ޖެހިދާނެކަމުގެ ބިރެއް ނޯންނާނެކަމަށާއި، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އެކަށީގެންވާ ނަތީޖާތަކެއް ހާސިލްކޮށްދެވިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއަށް ފާއިތުވ 5 އަހަރު ގެެނެވުނު ބަދަލު އެގޮތުގައި ދެމެހެއްޓުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެއާއެކުވެސް މި ސަރުކާރުން އަމާންކަން ނަގާލަން ބަޔަކު ކުރާ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

"ތަޅާފޮޅުމާއި ހަމަނުޖެހުމާއި ސުލްހަ ގެއްލުވާލުމަށް ކުރާ ކަންތައްތަކަކަށް މި ސަރުކާރަކުންނެއް ޖާގައެއް ނުދޭނެ"

ރައީސް ޞާލިހު

ރައީސް ޞާލިހު ވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ވާދަވެރި ކެމްޕޭނެއް ކުރުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ގޮވާލައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާއި އެމަނިކުފާނު ހުންނެވީ ވާދަކުރައްވަން ތައްޔާރަށް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޮތް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.