ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން
ހަބަރު 17 Jul 2023 | 15:47

އެއްވެ އުޅުމުގެ މިނިވަންކަން ހޯދީ އެތައް ރައްޔިތުންގެ ޤުރުބާނީ އިން: ޢަލީ ހުސެއިން

އެއްވެއުޅުމުގެ މިނިވަންކަން ހޯދީ އެތައް ރައްޔިތުންނެއްގެ ޤުރުބާނީއިން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސެއިން މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޢަލީ ހުސެއިންގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ އެތަކެއް ރައްތިތުންގެ މިންނެތް މަސައްކަތާއި ޤުރުބާނީން ޙޯދާފައިވާ އަސާސީ ހައްޤެއްކަމަށެވެ.

"މި ސަރުކާރުންވެސް އެ ހައްޤު މި 5 އަހަރު ދުވަހު ހިފަަހައްޓާާާފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް. އިތުރަކަށް ނުހިފެހެއްޓޭނެ އިންޝާ الله" ޢަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

ޢަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ ރޭ މ ދިއްގަރުގައި ބޭއްވި އެމްޑީޕީ ކެމްޕޭނު ޖަލްސާގައި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުالله ދެއްކެވި ވާހަކަފުޅާއި ގުޅިގެނެވެ.

ޢިމްރާން ވިދާޅުވީ އިއްޔެ ރަށަށް އެރި އިރު އިދިކޮޅުން ދެއްކި މަންޒަރަކީ ރާއްޖޭގެ 2021 ވަނަ އަހަރުގެ ހާލަތާ އެއްގޮތަކަށް ވެސް މުނާސަބު ގާބިލު ވައްތަރު ހާލަތެއް ނޫންކަމަށެވެ. އަދި އެބޭފުޅުން އެތިއްބެވީ އެ ހާލަތު 2000 ގެ ކުރީ ކޮޅަށް ލައި، މާޒީގެ ސަފުހާ ތަކަށް ލައި ނިންމައިގެން ކަމަށެވެ.

ޢިމްރާން ވިދާޅުވީ، ދެން މުޒާހަރާ ކުރަން ޖާގައެއް ނުދޭނެ ކަމަށާއި ރާއްޖޭގެ ސިޔާސީ ހަރަކާތް ހިންގަން ދެނެއް "ގަޔަށް ބޮލަށް އަރާ، ފެން އުކާ ވެލި އުކާކަށް ޖާގައެއް ނުދޭނެ" ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމަކަށް ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.