ރައީސް ޞާލިޙްގެ އަރިއަތޮޅު ދަތުރު ދޫކުރައްވައި މާލެ ވަޑައިގެންފި
އާލާސްކަންފުޅާ އުޅުއްވާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަރިއަތޮޅަށް ކުރައްވަމުން ގެންދެވި ދަތުރު މެދުކަނޑާލައި އެނބުރި މާލެއަށް ވަޑައިގެންފިއެވެ.
އިއްޔެ ރައީސް އަރިއުތުރަށް ކުރައްވަމުން ގެންދެވި ޒިޔާރަތްތަކުގައިވެސް ބައެއް ރަށްރަށުގައި ވާހަކަ ދެއްކެވިއިރު އަރިދަފުސް ރޯގާގެ އުނދަގޫ ތަކެއް ހުރެ ބައެއްފަހަރު ވާހަކަ މެދުކަނޑާލައި ފައިވެސްވެއެވެ.
އިއްޔެ އަރި އުތުރުގެ ހަތް ރަށަކަށް ރައީސް ޒިޔާރަތް ކުރެއްވިއެވެ. އެއީ ތޮއްޑޫ، ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހެވެ.

ކުރިން ރޭވިފައި އޮތް ގޮތުން ރައީސް ޞާލިޙް މިއަދު ފުރަތަމަ ޒިޔާރަތް ކުރައްވާނީ އއ. ހިމަންދޫ އަށެވެ. މީގެ އިތުރުން ހަންޏާމީދޫ، ދިއްދޫ، ދަނގެތި، ދިގުރަށް، ކުނބުރުދޫ، އޮމަދޫ، އަދި މަހިބަދޫއަށް ވެސް ވަޑާއިގަތުމަށް އޮތީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ 89 ރަށަކަށް ރައީސް ޞާލިޙް ވަނީ ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް