ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
ހަބަރު 17 Aug 2023 | 11:24

ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންދިޔައީ ޤާނޫނުއަސާސީއާ ޚިލާފަށް: ހައިލަމް

ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީއާއި ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އެންމެފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާ އެކު ސްޕްރީމް ކޯޓުގެ ދަށުން ހިންގަމުން އައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. އެއާއެކު ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.

އެކަމާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 156 އަދި 159 ވަނަ މާއްދާއާ ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށެވެ.

ހައިލަމް ވިދާޅުވީ، އެ އިޞްލާޙުުތައް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން ކަނޑއަޅުއްވައި ދެއްވައި ކޯޓުތަކުގެ އިދާރީ ހިންގުން މިނިވަންކޮށްދޭން ޖެހޭ ކަމަށެވެ.

ހައިލަމް މިފަދައިން ވިދާޅުވެފައިވާއިރު، ކޯޓުތަކުގެ އިދާރީ ކަންކަން ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވާއިރު، ޖޭއެސްސީއަށް އެ ޒިންމާ އަދާ ނުކުރެވޭނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވެސް މިއަދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގެ ތެރެއިން ޖޭއެސްސީއަށް ރައްދުކުރައްވައި ފަނޑިޔާރު ސުޢޫދު ވަނީ ގިނަ ސުވާލު ތަކެއް ކުރައްވައި، ސްޕްރީމް ކޯޓަށް އިދާރީ މުވައްޒަފުން ނުނަގާތީ އޮތް ނުރުހުމާއި އުދާސްތައް ބަންޑުންކޮށްލައްވާފައެވެ.

"އަޅުގަނޑުގެ ސުވާލަކީ، ދޮޅު އަހަރު، ދެ އަހަރު ވެގެންދާއިރު, ސްޕްރީމް ކޯޓަށް ސެކެރެޓަރީ ޖެނެރަލް އަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ، އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ، ކިހިނެއްތޯ ކޯޓުގެ އިންޑެޕެންޑެންސް؟ އެކަން ސްޕްރީމް ކޯޓަށް އަމިއްލައަށް ނުކުރެވޭ. ކޮންބައެއްތޯ އެކަމާ ޒިންމާ އުފުލާނީ. ދޮޅު އަހަރު ދެ އަހަރު މިވަނީ ސްޕްރީމް ކޯޓަށް ސެކެރެޓަރީ ޖެނަރަލް އަކު އައްޔަންކޮށްދޭތޯ އާދޭސްކުރާތާ. މިހެން އާދޭސްކުރާގޮތަށް މިކަން ބޭއްވުންތޯ އެއީ ގާނޫނު އަސާސީ ދެކޭ ގޮތަކީ. ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ މިއީ ކޮން ކަމެއްތޯ،" ސުޢޫދު ވިދާޅުވި އެވެ.

ހުސްނުއްސުޢޫދު އާއި ޖޭއެސްސީގެ ރައީސް ހިސާން 

ސުއޫދު ވިދާޅުވީ ރަނގަޅަށް އިދާރީ ގޮތުން ހިންގި، ކޯޓުތަކަށް މުވައްޒަފުންނަށް ގަވައިދުން ޑީޖޭއޭއަށް އައްޔަން ކުރެވޭނެ ނަމަ ބާރުތައް ނަންގަވައިގެން ތިބެން ރަނގަޅު ކަމަށާއި ނަަމަވެސް އެކަން ނުވާ ކަމަށެވެ.

"ޖޭއެސްސީ އަށް ޖުޑިޝަރީ ހިންގޭ ނަމަ ރަނގަޅު. އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން. ދެން މި ތަނަށް އައިސް ތިބުނަނީ ތިމަންނަމެންނޭ ހިންގަނީ. ހަތް ފަނޑިޔާރުން ނޫން ބަޔަކު މިތާ ނެތް. ދެން ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ، ހިންގާނީ. އަޅުގަނޑު މެންނަކަށް ނޭނގެ" ވަރަށް ކޯފާ އިސްކުރައްވައި ސުޢޫދު ވިދާޅުވި އެވެ.

"...މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް." ފަނޑިޔާރު ސުޢޫދު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.