ފަތުވާ ކޮންފަރެންސްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓަރ މިޞްރަށް
މިޞްރުގެ ޤާހިރާގައި ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތްވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ޢަލީ މިޞްރަށް ފުރައިވަޑައިގެންފިއެވެ.
ޤާހިރާގައި ބާއްވާ މި ފަތުވާ ކޮންފަރެންސް އޮންނާނީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށެވެ.
މި ކޮންފަރެންސްގެ މިއަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ ”ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުޟޫއެވެ.
މި ކޮންފަރެންސްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ..
މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް