އަރަބިއްޔާ ސްކޫލް؛ ފޮޓޯ / ޕީއެސްއެމް ނިއުސް
އަރަބިއްޔާ ސްކޫލް؛ ފޮޓޯ / ޕީއެސްއެމް ނިއުސް
ހަބަރު 17 Oct 2026 | 07:44

އަރަބިއްޔާ ސްކޫލްގެ ބޮޑުބައި ނިމިއްޖެ، މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތް: އާރުސީސީ

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ތަރައްގީކުރަމުން އަންނަ އަރަބިއްޔާ ސްކޫލުގެ 10 ފަންގިފިލާގެ އައު އިމާރާތުގެ 77 އިންސައްތަ މަސައްކަތް ނިމި، ފިނިޝިންގެ އެކި މަރުހަލާތައް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާރްސީސީން ހާމަކޮށްފައިވާ ގޮތުގައި، ކޮންކްރީޓް މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ރާނައި ސިމެންތި ޖެހުމާއި، ވޯޓާޕްރޫފިންއާއި، ކުލަ ލުމާއި، ދަގަނޑުގެ މަސައްކަތްތަކާއި، މެކޭނިކަލް، އިލެކްޓްރިކަލް އެންޑް ޕްލަމްބިން އަދި އޭސީ ސިސްޓަމްގެ މަސައްކަތްތައް ވެސް ތަފާތު މަރުހަލާތަކުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ތަނުގައި އެންމެ އަވަހަށް ފެށުމަށް ރާވާފައި އޮތީ މުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. އޭގެ އިތުރުން، އަލިފާން ނިއްވާ ނިޒާމާއި ލިފްޓާއި ބޭރު ފާރުތަކުގެ ކްލެޑިން ހަރުކުރުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް އާރްސީސީން ބުނެފައިވެއެވެ.

މި އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ހަތަރު ލިފްޓު ހުންނާނެ ކަމަށާއި ސްކޫލެއްގައި ފުރިހަމަވެފައި ހުންނަންޖެހޭ އެންމެހައި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މި ސްކޫލަކީ އަންޑަރ ގްރައުންޑް ޕާކިންއާ އެކު ތަރައްގީކުރާ ފުރަތަމަ ސްކޫލް ކަމަށް ވާއިރު، ޕާކިން ބައިގެ މަސައްކަތް ނިމި 200 އަށް ވުރެ ގިނަ ސައިކަލު ޕާކުކުރެވޭ ޖާގަ ލިބޭނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ކުރިން ބުނެފައިވަނީ، ދެ ދަންފަޅިއަށް ކިޔަވައިދެމުން ދިޔަ ނަމަވެސް، ދަރިވަރުންގެ ނިސްބަތަށް ބެލުމަށް ފަހު އައު އިމާރާތުގައި އެއް ދަންފަޅިއަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށެވެ. ނަމަވެސް، ގިނަ ކުދިންތަކެއް ވަންނަ ނަމަ ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހިދާނެ ކަމަށާއި، އެ ކަމާ މެދު ވަކި ގޮތެއް ނިންމޭނީ އަންނަ މަހު ކަމަށެވެ.

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ބޮޑަށް ރެނދުލައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވާ ހާލަތަށް ދިއުމުން، ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ވަގުތީ ގޮތުން ބަދަލުކުރި ނަމަވެސް، ޖާގައިގެ ދަތިކަމާ ހެދި މިހާރު ދަރިވަރުން ކިޔަވަމުން ގެންދަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި އިމާރާތުގައެވެ. ކުރީ ސަރުކާރުން ފުރަތަމަ ރޭވީ ކުރީގެ ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އެޅުމަށް ކަމުގައި ވީ ނަމަވެސް، އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދީ ދެ ސްކޫލް އެއް ސަރަހައްދުގައި ހެދުމުން ތޮއްޖެހޭނެތީ މި ސަރުކާރުން ނިންމީ ގިޔާސުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަންބަރުކޮށީގެ ބިމުގައި އެ ސްކޫލް އެޅުމަށެވެ.

ކުރިން ހަވާލުކުރި ކޮންޓްރެކްޓަރުގެ އަގަށް ވުރެ 83 މިލިޔަން ރުފިޔާ ކުޑަ އަގެއްގައި އާރްސީސީއާ މަސައްކަތް ހަވާލުކޮށް މި މަޝްރޫއުގެ ބިންގާ އެޅީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޑިސެމްބަރު މަހަށް މަސައްކަތް ނިންމައި އަންނަ ދިރާސީ އަހަރަށް އައު އިމާރާތުގައި ކިޔަވައިދޭން ފެށުމަކީ އަމާޒެއް ކަމަށް ވާއިރު، މި ސްކޫލް ވެގެންދާނީ މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު ސްކޫލަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި
18 Oct 2026 ހަބަރު

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ )އެމްއެންޔޫ( އިން ނެރުނު ބަޔާނުގައިވާ ގޮތުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް )އެންސީޕީއެލްއީ( އަށް ހާއްސަކޮށް ބޭއްވި އެ ވޯކްޝޮޕުގައި 35 ބައިވެރިއަކު ބައިވެރިވިއެވެ. ބައިވެރީން ވޯކްޝޮޕުގައި ބައިވެރިވީ ސީދާ ހާޒިރުވެ، އަދި އޮންލައިންކޮށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ
18 Oct 2026 ހަބަރު

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ

އާންމު މަގުތަކުގައި ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް މި ޤައުމުގައި ނެތްތޯ، މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ސުވާލެއް އަމާޒުކޮށްފިއެވެ.

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި
18 Oct 2026 ހަބަރު

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( އިން ހާމަކޮށްފިއެވެ.

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

މަސްތުވާތަކެތީގެ ތަހުލީލަށް ނަގާ ސާމްޕަލްތަކުގެ ދެވަނަ ޓެސްޓް ހަދައިދޭނެ ފަރާތެއް ފުލުހުން ހޯދަނީ
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ތަހުލީލަށް ނަގާ ސާމްޕަލްތަކުގެ ދެވަނަ ޓެސްޓް ހަދައިދޭނެ ފަރާތެއް ފުލުހުން ހޯދަނީ

ފުލުހުން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން، މި ހިދުމަތް ހޯދަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011/17 ގެ ދަށުން ނަގާ ކުޑަކަމުދާ ތަކެތީގެ ސާމްޕަލްތައް ދެވަނަ ފަހަރަށް ޓެސްޓް ކުރުމަށެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް
18 Oct 2026 ހަބަރު

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފިއެވެ.