ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
އޮޑިޓަރ ޖެނެރަލް ނެރުއްވި ތުލުސްދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ކައުންސިލުން އުސޫލްތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފިއެވެ.
ތުލުސްދޫ ކައުންސިލްގެ މި އޮޑިޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ބިންތަކުގެ މައްސަލައާއި، ތަޖުރިބާ ހޯދުމުގެ ގޮތުން ސްރީލަންކާއަށް ކުރި ދަތުރާއި، ކައުންސިލް އިދާރާއަށް ހޯދި ޕިކަޕުގެ މައްސަލައިގެ އިތުރުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާގެ ކަންކަން ބަލަހައްޓާފައިނުވުން ހިމެނެއެވެ.
ބިންތަކާ ގުޅޭގޮތުން ބުނެފަިއވަނީ އެއްބަސްވުމެއްނެތި ބިން ބޭނުންކުރި ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނަގަން ޖެހޭ ރޭޓަށްވުރެ ކުޑަ އަގަކަށް ދިންގޮތުން ކައުންސިލަށް 29،295 ރުފިޔާ ނުލިބި ދިޔަކަސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އޮޑިޓްގައި ވަނީ ބިންތައް ކުއްޔަށް ދޫކުރިއިރު ޝައުގުވެރިވާ އެހެންބަޔަކު ތިބިތޯ ބަލާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.
ތަޖުރިބާ ހޯދުމުގެ ގޮތުން ސްރީލަންކާއަށް ކުރި ދަތުރާ ގުޅޭގޮތުން ބުނެފައިވަނީ، ކައުންސިލް އިދާރާގެ ބަޖެޓުން 308،276 ރުފިޔާ ހޭދަކޮށްފައިވަނީ ދައުލަތުން ހަރަދުތައް ކުޑަކުރަން އަންގާފައިވަނިކޮށް އުސޫލްތަކާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން އެ ދަތުރުގެ މަގްސަދު ހާސިލްނުވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް