އައިޖީއެމްއެޗްގެ ނަރުހުން ނާއި ޑޮކްޓަރުން އެ ހޮސްޕިޓަލްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ސަން
އައިޖީއެމްއެޗްގެ ނަރުހުން ނާއި ޑޮކްޓަރުން އެ ހޮސްޕިޓަލްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ސަން
ހަބަރު 17 Oct 2026 | 14:00

މުސާރައިގެ މައްސަލަތައް ހައްލުކޮށްދިނުމަށް އައިޖީއެމްއެޗު މުވައްޒަފުން ރައީސަށް ދެވަނަ ޕެޓިޝަން ފޮނުވައިފި

ސިވިލް ސަރވިސްގެ އައު މުސާރައިގެ އޮނިގަނޑާ ގުޅިގެން މުސާރައާއި އިނާޔަތްތަކަށް އައި ބަދަލުތަކުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިދާރީ އަދި އެހީތެރި މަސައްކަތްތައްކުރާ މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަލުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މިއީ މި މައްސަލައިގައި އެ މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ދެވަނަ ޕެޓިޝަނެވެ. މީގެ ކުރިން 2025 ޑިސެމްބަރު 9 ގައި މިފަދަ ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާކަން އަލަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ޕެޓިޝަނުގައި މައިގަނޑު ހަތަރު ކަމަކަށް ޙައްލު ހޯދައިދިނުމަށް ވަނީ އެދިފައެވެ:

  1. ހާޒިރީ އިނާޔަތް ހަމަހަމަކުރުން: މަޤާމުގެ ފަންތިއާއި ގްރޭޑަށް ބެލުމެއްނެތި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، ޚިދުމަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 އާއި 250 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދަކުން ހާޒިރީ އިނާޔަތް ހަމަހަމަކަމާއެކު ހަމަޖައްސައިދިނުން.

  2. ހޮނިހިރު ދުވަހުގެ ޚާއްޞަ އިނާޔަތް: ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ކަނޑައަޅާފައި ވީނަމަވެސް، ޞިއްޙީ ޚިދުމަތުގެ މުހިންމުކަމުން އެ ދުވަހު މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދިނުން.

  3. ރަސްމީ ބަންދު ދުވަސްތަކުގެ އިނާޔަތް: ސަރުކާރު ބަންދު ދުވަސްތަކުގައި ޝިފްޓް އުސޫލުން ޑިއުޓީއަށް ނުކުންނަ މުވައްޒަފުންނަށް، އިންސާފުވެރި ހަމަތަކެއްގެ މަތިން ބަންދު ދުވަހުގެ އިނާޔަތް ފޯރުކޮށްދިނުން.

  4. ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައެޅި އިނާޔަތް ދިނުން: މުސާރަ އެއްހަމަކުރުމުގެ ތެރޭގައި މުވައްޒަފުންނަށް ގެއްލުނު ބައި ފޫބެއްދުމުގެ ގޮތުން، ނޭޝަނަލް ޕޭ ކޮމިޝަނުން 2026 މެއި މަހު ކަނޑައަޅާފައިވާ އިނާޔަތް ލަސްނުކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

މީގެއިތުރުން، ރިސްކް އެލަވަންސް ކަނޑާލުމާއި، ހާޒިރީ އިނާޔަތް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭ މައްސަލައާއި، އިތުރުގަޑީގެ މަސައްކަތްކުރާ މުވައްޒަފުންގެ ޙައްޤުތައް ގެއްލެމުންދާ މައްސަލައާމެދު ވެސް މި ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ހޮސްޕިޓަލަކީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ނާޒުކު ޚިދުމަތްތަކެއް ކެނޑިނޭޅި ފޯރުކޮށްދޭ އެންމެ މުހިންމު މަރުކަޒުކަން ފާހަގަކުރަމުން، އެ ތަނުގެ އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން އެންމެ އިސް މަޤާމުތަކާ ހަމައަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އިންސާފު ޤާއިމުކޮށްދިނުމަށް މި ޕެޓިޝަންގައި މުވައްޒަފުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި
18 Oct 2026 ހަބަރު

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ )އެމްއެންޔޫ( އިން ނެރުނު ބަޔާނުގައިވާ ގޮތުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް )އެންސީޕީއެލްއީ( އަށް ހާއްސަކޮށް ބޭއްވި އެ ވޯކްޝޮޕުގައި 35 ބައިވެރިއަކު ބައިވެރިވިއެވެ. ބައިވެރީން ވޯކްޝޮޕުގައި ބައިވެރިވީ ސީދާ ހާޒިރުވެ، އަދި އޮންލައިންކޮށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ
18 Oct 2026 ހަބަރު

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ

އާންމު މަގުތަކުގައި ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް މި ޤައުމުގައި ނެތްތޯ، މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ސުވާލެއް އަމާޒުކޮށްފިއެވެ.

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި
18 Oct 2026 ހަބަރު

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( އިން ހާމަކޮށްފިއެވެ.

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

މަސްތުވާތަކެތީގެ ތަހުލީލަށް ނަގާ ސާމްޕަލްތަކުގެ ދެވަނަ ޓެސްޓް ހަދައިދޭނެ ފަރާތެއް ފުލުހުން ހޯދަނީ
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ތަހުލީލަށް ނަގާ ސާމްޕަލްތަކުގެ ދެވަނަ ޓެސްޓް ހަދައިދޭނެ ފަރާތެއް ފުލުހުން ހޯދަނީ

ފުލުހުން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން، މި ހިދުމަތް ހޯދަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011/17 ގެ ދަށުން ނަގާ ކުޑަކަމުދާ ތަކެތީގެ ސާމްޕަލްތައް ދެވަނަ ފަހަރަށް ޓެސްޓް ކުރުމަށެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް
18 Oct 2026 ހަބަރު

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފިއެވެ.