މިނިސްޓަރ އައިސަތު
މިނިސްޓަރ އައިސަތު
ހަބަރު 17 Nov 2022 | 10:12

ނެށުމަށް ދެކޮޅު ހެދި ޓީޗަރުން ސަސްޕެންޑްކުރުން: އެޑިއުކޭޝަނުން ސްކޫލް ނިންމުން ދިފާއުކޮށްފި

އއ. އުކުޅަހު ސުކޫލު ޓީޗަރުން ސަސްޕެންޑު ކުރީ ސުކޫލުގެ އެންގުމާއި (ޓީޗަރުން ކޮނެސްޓްގައި ނެށުމަށް) ދެކޮޅު ހެދުމުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އުކުޅަހު ސުކޫލުގެ ޕްރީ ސުކޫލުގެ ދަރިވަރުންނަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރި ތިން ޓީޗަރުން ސަސްޕެންޑް ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ސުކޫލު ޕްރިންސިޕަލަށާއި މިނިސްޓްރީ އަށް އަމާޒު ވަމުންދަނިކޮށް އެ ޓީޗަރުން ސަސްޕެންޑްކުރި ސަބަބު ހާމަކޮށް މިނިސްޓްރީން މިއަދު ބުނީ، މުދައްރިސެއްގެ ވަޒީފާގެ މައިގަނޑު މަސްޢޫލިއްޔަތަކީ އަދި ޒިންމާއަކީ ޤައުމީ މަންޙަޖާ އެއްގޮތަށް ޙަވާލުކުރެވޭ ކީސްޓޭޖެއްގެ/ގްރޭޑެއްގެ ދަރިވަރުންނަށް ޤައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާޞިލްވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުންކަމަށެވެ.

އަދި އެކަންކަން ހާޞިލްކުރުމަށް ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއްކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށް، އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައިވާތީ، އެ މައްސަލައިގެ އިދާރީ ތަޙުޤީޤު ހިންގުމަށްޓަކައި، 17 ނޮވެންބަރު 2022 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް، އުކުޅަހު ސުކޫލުގެ 3 މުދައްރިސަކަށް އޮފީހަށް ނިކުތުން މަނާކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެފަދައިން ބުނެފައިވާއިރު، ފައުންޑޭޝަން ސްޓޭޖް ދަރިވަރުންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންސާރޓް ގައި ދަރިވަރުންނަށް ޑާންސް ޕްރެކްޓިކްސް ކުރިއަށް ގެންދިއުމަށް އެ ޓީޗަރުން ދެކޮޅު ހަދާފައިވަނީ، އެއީ ކީރިތި ޤުރުއާނާއި، ރަސޫލާ ޞޢވ ގެ ހަދީޘްއާއި، ތަފްސީރީ އިލްމުވެރިންގެ ބަސްފުޅުތަކާއި، ސަހާބީންނާއި ތާބީންގެ ފަތުވާތަކާއި، 4 މަޒްހަބުގެ އިމާމުންނާއި، އެ މަޒްހަބުތަކުގެ އިލްމުވެރިންނާއި، ސައުދީ އަރަބިއާގެ ފަތުވާ ކޮމިޓީއާއި، ސައުދީ އަރަބިއާގެ ކުރިއާއި މިހާރުގެ މުފްތީއާއި، އަދި ދިވެހި ރާއްޖޭގެ އެތައް ސަތޭކަ އިލްމުވެރިންނެއް މިއުޒިކްއަކީ ހުއްދަ އެއްޗެއް ނޫންކަމުގައި ބުނެފައިވާތީ އާއި އަދި އިސްލާމްދީނުގައި މިއުޒިކާއި ނެށުމަކީ ޙަރާމް ކަމެއްކަމަށް އެތައް ޢިލްމްވެރިންނެއްވަނީ އިއްތިފާގުވެފައި ވާތީ ކަމަށް އެ ޓީޗަރުން ބުނެއެވެ.

ކަން މިހެން ހުރި އިރު، މިއުޒިކާއި އެކު ދަރިވަރުން ނަށަން އެއްބަސްވެ އެކުދިން ލައްވައި އެފަދައިން ކަން ކުރާނަމަ، އެ ޓީޗަރުންނަށް ކަން ކުރެވޭނީ ނެޝަނަލް ކަރިކިއުލަމް ފްރޭމް ވޯކް ގެ ޤާބިލިއްޔަތުގެ ތެރެއިން ފުރަތަމަ ޤާބިލިއްޔަތުގައި ބުނާ "އިސްލާމްދީނާ އެއްގޮތަށް ޢަމަލު ކުރުން" މި ޤާބިލިއްޔަތާ ދެކޮޅަށެވެ.

އަދި މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖުގެ ސިލަބަސްގެ ދަށުން އަންނަ މާއްދާތަކުގެ ތެރެއިން އުފެއްދުންތެރި ފަންނު ގައި ބަޔާންކުރާ ސްޓްރޭންޑް 2 (މިއުޒިކް) ގެ ދަށުން އަންނަ 1 ވަނަ ސަބް ސްޓްރޭންޑްގެ ދަށުން 3 ވަނަ އިންޑިކޭޓަރގައި ބަޔާންކޮށްފައިވާ ގޮތުގައި މިއުޒިކް އަކީ ކުލާހުގައި ހުންނަ ތަކެއްޗާއި ހަށިގަނޑުގެ ގުނަވަނެއް ނުވަތަ ގުނަވަންތަކެއް ބޭނުންކޮށްގެން ރާގެއް އުފެއްދުމެވެ.

ނެޝަނަލް ކަރިކިއުލަމް ފްރޭމްވޯކްގައި މިއުޒިކް އިހްތިޔާރީ ކަމެއްގޮތުގައި ވަނީ ކަނޑައާޅާފައި

އަދި ހަމަ އެހެންމެ، ނޭޝަނަލް ކަރިކިއުލަމްގެ ގާނޫނުގައި މިއުޒިކްއަކީ މަޖުބޫރު އެއްޗެއް ނޫނެވެ. އެއަކީ އިޚްރިޔާރު ދީފައިވާ ކަމެކެވެ. އަދު ރާއްޖޭގެ އިސްލާމް މާއްދާގެ މުގައްރަރާއި އިސްލާމް ދީނުގައި މިއުޒިކްއަކީ ހުއްދަ އެއްޗެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި މިއުޒިކް އައިޓަމްތަކުގައި ބައިވެރިވުން ހުއްދަނޫންކަމަށްވެސް ބުނެފައިވެއެވެ.

ކަން މިހެން ހުރުމުން، މިއުޒިކާއި އެކު ދަރިވަރުން ނަށަން ދެކޮޅު ހަދާ ޓީޗަރުންނަކީ ގައުމީ މަންހަޖާއި ޚިލާފްވެ އެކަމަށް ދެކޮޅު ހަދާ ޓީޗަރުންކަން މިނިސްޓްރީން އެ ބުނާ ބުނުމަކީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއް ނޫންކަން ފާހަގަކޮށްލަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.