ޑރ. މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ޞާލިހު ވަޑައިގެންފި
މިއަދު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މިއަދު ދައުރު ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެންފިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި ފެށުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ވަނީ ދާދި ދެންމެއަކު ވަޑައިގެންފައެވެ.
ރައީސް ޞާލިހުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް މިރަސްމިއްޔާތަށް ވަނީ ވަޑައިގެންފައެވެ. އަދި މަޖިލިސް މެންބަރުންނާއި ބައެއް ގައުމުތަކުގެ އިސްވެރިންވެސް އަންނަނީ ރަސްމިޔާތަށް ވަޑައިގަންނަވަމުންނެވެ.
މި ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާ ކަމަށް މަޖިލީހުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް