ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މުހައްމަދު މުޢިއްޒު ކުރައްވައިފި
ޑރ މުޙައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައިކުރައްވައިފިއެވެ.
ޑރ މުއިޢްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ.
މިރަސްމިއްޔާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ވަޑައިގެންނެވި ގިނަ ޢަދަދެއްގެ އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ހުވާކުރެއްވުމަށް ފަހު 8 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައިވެއެވެ. މަޤާމުގެ ހުވާ ކުރެއްވެމަށް ފަހު މަޤާމުގެ ފަތް ކޮޅުގައި ރައީސް ޑރ މުޢިއްޒު ވަނީ ސޮއިކުރައްވައިފައިވެއެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
ޑރ މުޢިއްޒު އަކީ ރާއްޖޭގެ 8 އިންތިޚާބީ ރައީސް އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑަގަތް ހުސެއިން މުޙައްމަދު ލަޠީފެވެސް ވަނީ މަޤާމުގެ ހުވާ ކުރައްވައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް