ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އަބްދުއްރަހީމް
އައު ސަރުކާރުގެ ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ރައީސުލްޖުމްހޫރިއްްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ޢައްޔަން ކުރައްވައިފިއެވެ.
އެ މަޤާމަށް އަބްދުއްރަހީމް އަބްދުﷲ ހަމަޖެއްސެވީ ރައީސް އޮފީހުގައި ކުރިއަށް ދިޔަ އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލައި އެފަރާތްތަކަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އަބްދުއްރަހީމް އައްޔަނު ކުރެއްވުމަށްފަހު، އެމަނިކުފާނަށް ވަނީ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
މި ފާއިތުވި އިންތިޤާލީ މަރުހަލާގައި އަބްދުރަހީމް ހުންނެވީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ގެ މަޤާމުގައެވެ.
މިރޭ ވަނީ އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލައި މިނިސްޓަރުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް