ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީށް: ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީށް: ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު 17 Dec 2023 | 11:55

ފުރަތަމަ ތިން އަހަރު ހިލޭ ހައްޖަށް ފޮނުވާނީ 50 އަހަރާއި 69 އަހަރާއި ދެމެދުގެ ފަގީރުން

މި ސަރުކާރުގެ  ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހިލޭ ފަގީރުން ހައްޖަށް ފޮނުވުމުގެ ވައުދުގެ ދަށުން ދަށުން ފުރަތަމަ ތިން އަހަރު ހައްޖަށް ފޮނުވާނީ 50 އަހަރާއި 69 އަހަރާއި ދެމެދުގެ ފަގީރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ ފަރާތުން ވިދާޅުވީ، މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހިލޭ ހައްޖު ޕްރޮގްރާމާއި ގުޅޭގޮތުން ނިންމާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ފުރަތަމަ ސަރުކާރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ތިބި އުމުރުން 70 އަހަރުން ދަށުގެ ފަގީރުން ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ފުރަތަމަ ތިން އަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 50 އަހަރާއި 69 އަހަރާ ދެމެދުގެ ފަގީރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ ސިޔާސަތުގެ ދަށުން ހައްޖަށް ގެންދާ މީހުންނަށް ދެވޭ ޕެކޭޖްގެ ތެރެއިން އެތެރޭގެ ދަތުރުފަތުރާއި މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ ހުރުމާއި ކެއުން ދޭނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެ ސިޔާސަތުގެ ދަށުން ހައްޖަށް ގެންދާ ފުރަތަމަ 50 މީހުން މި އަހަރު ހައްޖަށް ގެންދިއުމަށްޓަކައި ހިނގާނެ ހަރަދު ޒަކާތު ފަންޑުން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ ބަޖެޓާއި އެކި ފަރާތްތަކުގެ ސްޕޮންސާޝިޕްގެ ދަށުން އެ ހަރަދު ހަމަޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ ހިލޭ ހައްޖަށް މީހުން ފޮނުވުމުގެ ސިޔާސަތުގެ ދަށުން މި އަހަރުން ފެށިގެން ހައްޖަށް މީހުންގެ އަދަދާއި ހައްޖަށް ގެންދިއުމާބެހޭ އުސޫލު އެ ވުޒާރާގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރާނެކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި
16 Oct 2026 ހަބަރު

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި

ކައުންސިލުން ބުނީ ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންވާގޮތް ކައުންސިލުން އެންގިނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމާއި، އެކަމުގެ ސަބަބުން ސާފުތާހިރުކަން ގެއްލެމުން ދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށްވެސް ބުންޏެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.