ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް ޝުޖޫން އައްޔަންކުރައްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
މިކަން ވަނީ މިއަދު ޖޭއެސްސީން އިއުލާން ކޮށްފައެވެ.
މި މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ކުރިން އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި މަސްތޫރު ޙުސްނީ، ނޮވެމްބަރު 16 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީގެ ނައިބުގެ މަޤާމަށް މަސްތޫރު ޙުސްނީ އައްޔަނު ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޝުޖޫން ހަމަޖެއްސެވިއިރު، އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވީ ހިސާން ހުސެއިނެވެ. އެހެންކަމުން ޖޭއެސްސީގެ އެންމެ އިސް ދެ މަގާމުގައި ތިއްބަވާނީ ދެ އަންހެން ބޭފުޅުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް