N/A
N/A
ހަބަރު 18 Feb 2020 | 14:52

ޑރ. ޖަމީލު ޖޭޕީން ވަކިވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޖަމީލު ޖޭޕީއަށް ފޮނުއްވި ލިޔުމުގައި، ޕާޓީގެ ދަފްތަރުން ނަން އުނިކުރުމާ އެކު މަގާމްތަކުން ވެސް ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

ޑރ. ޖަމީލު ވިދާޅުވީ، ޖޭޕީގެ މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި، އެކަން އިއްޔެ އެޕާޓީއަށް އަންގަވާފައިވާނެ ކަމަށެވެ.

އެގޮތުން ވިދާޅުވީ، އެމަނިކުފާނު އެގޮތަށް ނިންމެވީ، މިވަގުތު ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް އެޕާޓީގައި ހުންނަވައިގެން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ބަަދަލުވެފައިވާ ގޮތާއި ސިޔާސީ ދާއިރާ އަށް އަންނަ ބަދަލުތަކަށް ބަލާއިރު އެމަނިކުފާނުގެ ސިޔާސީ ވިސްނުމާއި ދިވެހި ގައުމާ މެދު ހިތުގައި ބިންވަޅު ނެގިފައިވާ ތަސައްވަރު ފުރިހަމަކުރެއްވޭނެ ފަދަ މަސައްކަތްތަކެއް ޖުމްހޫރީ ޕާޓީގެ ތެރެއިން ކުރެއްވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު އެންމެ ރަނގަޅު ގޮތަކީ ޖޭޕީއާ ދުރަށް ވަޑައިގަތުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނާއި ގުޅިވަޑައިގެން ޑރ. ޖަމީލު ވަނީ ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އެމަނިކުފާނު މަގާމުން ދުރުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވޯޓްދެއްވައިގެންނެވެ.

އޭގެފަހުން އިދިކޮޅާއި ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން މިސަރުކާރު ވެރިކަމަށް އައިނަމަވެސް ރައްޔިތުންނަށް މަންފާހުރި އެއްވެސް ކަމެއް ނުކުރާކަމަށް ވިދާޅުވެ، ޑރ. ޖަމީލު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޖަމީލް ޖޭޕީއަށް ގުޅިވަޑައިގަތީ އިދިކޮޅުގައި ހުންނެވި ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ނަމަވެސް ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވައި ޖަމީލު މިހާރު މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ގަނޫނީ ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.