މާދަމައިން ފެށިގެން މާލޭގައި ގޮވާމުން ފިޠުރު ޒަކާތް ބަހަނީ
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީއިން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމައިން ފެށިގެން ކުރއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އެގޮތުން މިކަން ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލްގެ "ޞަލާހުއްދީން ހޯލު" ގައި ކަމަށް މިނިސްޓްރީއިން ވަނީ އިއުލާން ކޮށްފައެވެ.
މި ތަކެތި ބެހުމަށް ހަމަ ޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނަށާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަ ޖެހިފައިވާ ގޮތުގެ ތަފްސީލު:
ބުދަ (19 އޭޕްރީލް 2023)
13:00 - 15:00
16:00 - 17:30
21:00 - 22:30
ބުރާސްފަތި (20 އޭޕްރީލް 2023)
10:00 - 17:30
20:00 - 22:00
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް