ވޭވަށު ރައްޔިތުންނަށް ޑރ މުއިއްޒުގެ މުހިންމު 5 ވައުދެއް!
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމެއްގައި ވޭވަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެ މުހިންމު 5 ކަމެއް އިއުލާނު ކުރައްވައިފި އެވެ.
ޑރ މުއިއްޒު މ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ވަނީ ވޭވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ރަށުގެ ތަރައްގީއާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވާ މަޝްވަރާކުރައްވާފަ އެވެ.
ވޭވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޑރ މުއިއްޒު ވނީ އެމަނިކުފާނުގެ ވެރިކަމުގައި އެ ރަށުގައި ހިންގާނެ ތަރައްގީގެ ބައެއް މަޝްރޫއުތައް ވެސް އިއުލާނުކޮށްދެއްވާފަ އެވެ. އެގޮތުން އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
1.ވޭވަށުގައި ސިނާއީ މަސްވެރި ބަނދަރެއް ތަރައްގީކޮށްދެއްވުން
2. ވޭވަށުގެ ނެރު ބަދަލުކޮށްދެއްވުން
3.ވޭވަށުގައ އިޖުތިމާއީ މަރުކަޒު ޤާއިމްކޮށްދިނުން
4. ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުން
5. ވޭވަށުގައި ފުޓްސެލް ދަނޑު ތަރައްގީކުރުން

އެ މަޝްރޫއުތަކުގެ އިތުރުން ވެސް ވޭވަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދާދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެއާއެކު ޑރ މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ސިޔާސީ ފަރާތްތައް ހަދިޔާގެ ގޮތުގައި އެކި ހުށައެޅުންތައް ހުށައަޅަމުންދާނެކަން ފާހަގަކުރައްވާ، އެއިން ކަމެއްގައި ރައްޔިތުން ނުޖެހުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ހަމައެއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ އިންތިޚާބުގައި ވޯޓުލާއިރު، ގައުމީ ވިސްނުން އިސްކުރުމަށް ޑރ މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް