42 ކައުންސިލަކަށް އެސްޖީން ހޯދަން އިއުލާންކޮށްފި
ކައުންސިލްތަކަށްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
މިއަދު އިއުލާން ކޮށްފައި ވަނީ މިހާތަނަށް ސެކެޓްރީ ޖެނެރަލުން ހޯދިފައި ނުވާ ކައުންސިލްތަކަށާއި އަދި ސެކެޓްރީ ޖެނެރަލުން އިސްތިއުފާ ދެއްވާފައިވާ ބައެއް ރަށްތަކަށް ސެކެޓްރީ ޖެނެރަލުން ހޯދާށެވެ. އެގޮތުން ސީއެސްސީން ވަނީ 42 ކައުންސިލަކަށް އެސްޖީން ހޯދަން އިއުލާންކޮށްފައެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 9 އޮކްޓޫބަރު 2022 އިން 31 އޮކްޓޫބަރު 2022 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3307313 ނަންބަރު މެދުވެރިކޮށް، އަދި އީމެއިލް [email protected] މެދުވެރިކޮށް ހޯދޭނެ ކަމަށްވެސް ސީއެސްސީން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް