ށ.ފުނަދޫ ފެރީ ޓާރމިނަލްގެ މަސައްކަތް ނިމިއްޖެ
ށ. ފުނަދޫ ފެރީ ޓާރމިނަލް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ފެރީ ނިޒާމުގެ ޒޯން 1 ގައި ހިމެނޭ މަޝްރޫޢެކެވެ.
މި ފެރީ ޓާރމިނަލްގެ މަސައްކަތްތައް ނިންމާލާފައިވާއިރު، އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ގިން ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
އެގޮތުން މި ފެރީ ޓާރމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާރޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވަރސަލް ޓޮއިލެޓެއް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އެމްޓީސީސީން އާރްޓީއެލްގެ ޚިދުމަތް ޒޯން 1 ގެ ށ. އަތޮޅުގައި މިހާރު ފަށާފައިވާއިރު، އެ ދަތުރުތަކުގައި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ދަފްތަރުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް