މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް!
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަޙަށްދަށް މެންދުރު 13:45 އިން ރޭނގަޑު 19:00 އާއި ހަމައަށެވެ.
މިގަޑިތަކުގައި އެ ސަރަހައްދަށް 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށާ، އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ވޭތުދިޔަ 24ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑްކޮށްފައިވަނީ ފ.ނިލަންދޫއަށެވެ. އެ ރަށަށް 110.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ނަމަވެސް ރާއްޖޭގެ ދެކުނުގެ މޫސުން، ޖުމްލަގޮތެއްގައި ރަނގަޅުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް