- ފޮޓޯ/ އެޗްޑީސީ
- ފޮޓޯ/ އެޗްޑީސީ
ހަބަރު 18 Nov 2026 | 11:37

އެޗްޑީސީގެ ފާއިތުވި ތިން އަހަރު؛ ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ކުލި ކުޑަކުރުމުގެ ބޮޑެތި މަސައްކަތްތަކެއް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް 3,960 ހައުސިންގ ޔުނިޓް ބިނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ، މަރަދޫ ހިމެނޭ ގޮތުން މި ޔުނިޓްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ބެހިގެންދެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރަން މާލެ އަންނަ ދަރިވަރުންނަށް ޚާއްޞަ 198 ޖާގައިގެ "އެކުވެހި" ކޯ-ލިވިންގ އެކޮމޮޑޭޝަން ބޭނުންކުރަން ފެށުމާ ގާތްވެފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމުގެ ގޮތުން ހިޔާ އަދި ވިނަރެސް ފުލެޓުތަކުގެ ކުއްޔަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ކޮންމެ ފުލެޓަކުން އެވެރެޖްކޮށް 200,000 ރުފިޔާ އުނިކޮށް، ކުރިން މަހަކު 8,500 ރުފިޔާ ދެއްކި ކުލި ހަތް އަހަރުގެ މުއްދަތަށް 4,984.21 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ކުލިން 20 އިންސައްތައިގެ ޑިސްކައުންޓެއް ވެސް 2024 ފެބްރުއަރީން ފެށިގެން ދީފައިވެއެވެ. ވިނަރެސް ފުލެޓުތަކާ ގުޅޭ ގޮތުން 2025 ޖެނުއަރީގައި ތައާރަފުކުރި ލުއިތަކުގެ ތެރޭގައި ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓާއި، މަހު ކުލިން 4,200 ރުފިޔާ އުނިކުރުމާއި، މެނޭޖްމަންޓް ފީ 1,000 ރުފިޔާއަށް ކުޑަކުރުމާއި، އިންޓަރެސްޓް ރޭޓް ނުވައެއް އިންސައްތައިން ހައެއް އިންސައްތައަށް ތިރިކުރުން ހިމެނެއެވެ.

ބިން ހިއްކުމުގެ ރޮނގުން ބަލާއިރު "ރަސްމާލެ" މަޝްރޫޢު ފަށައި، 2026 ނޮވެމްބަރު 10 ގެ ނިޔަލަށް 713.43 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ބިންވެރިޔާ ސްކީމްގެ 698 ގޯއްޗަށް ހުޅުމާލެ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރު ހިއްކައި، ތިލަފުށި ދެ ވަނަ ފިޔަވަހިން 117 ހެކްޓަރު ހިއްކާ ނިންމައި، އިތުރު 102 ހެކްޓަރު ހިއްކުމުގެ މަސައްކަތް ވެސް ފެށިފައިވެއެވެ.

ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ބެހެއްޓުމާއި، ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓުގެ އާ އިމާރާތް ނިންމައި ހަވާލުކުރުމާއި، 20 އަހަރެއްހާ ދުވަހަށް ނުނިމި ދިގުލައިގެން ގޮސްފައި އޮތް މޭންހަޓަން ގްރޭންޑް ހޮޓެލް ހުޅުވުމާއި، 400 އަށް ވުރެ ގިނަ މުވައްޒަފުންނަށް ޚާއްޞަ "ހިޔާ ވެހި" ފުލެޓުތައް ހަވާލުކުރުން ހިމެނެއެވެ. މަގުތަކުގެ ރައްކާތެރިކަމަށް އާ ރައުންޑްއެބައުޓްތައް ހަދައި، 88 ސްޕީޑް ބަމްޕަރު ހަރުކޮށް، ކުޅިވަރުގެ ވަސީލަތްތަކުގެ ގޮތުގައި އެންވަން ސްޕޯޓްސް ޕާކާއި ކުޅިވަރު އެކުވެންޏާއި ބައެއް ޕާކުތައް ތަރައްޤީކޮށް ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެޗްޑީސީގެ ހިންގުމުގެ ރޮނގުން ބަލާއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު (އާރްޓީއައި) ގެ ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށް އެ ކޯޕަރޭޝަން ވެފައިވެއެވެ.

ހިޔާ އަދި ވިނަރެސް މަޝްރޫޢަށް ޗައިނާއިން ނެގި ބޮޑެތި ލޯނުތައް ފަސް އަހަރަށް ރީސްޓްރަކްޗާކޮށް، ރުފިޔާ އާއި ޑޮލަރުގެ ލިކުއިޑިޓީއަށް ލުޔެއް ހޯދައި، ރިވެލި އެވޯޑް 2026 އާއި މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއް ވަނަ ވެސް ހޯދާފައިވެއެވެ. ސްޓްރެޓީޖިކް ޕްލޭން 2025-2030 އިފުތިތާހުކޮށް، އެ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ރާވާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރުގެ ނަން މަޖިލީހަށް ފޮނުވައިފި
18 Nov 2026 ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރުގެ ނަން މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔާކުރައްވާތީ ހުސްވާ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ޢައްޔަންކުރުމަށް ޖޭއެސްސީގެ ލަފާގެ މަތިން ރައީސް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދޭން ނިންމައިފި
18 Nov 2026 ހަބަރު

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދޭން ނިންމައިފި

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖައިގެ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވުމަށް ވަނީ ނިންމަވައިފައެވެ.

އާއްމުންނަށް އުނދަގޫކުރާ ފައިރިޝް ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި
18 Nov 2026 ހަބަރު

އާއްމުންނަށް އުނދަގޫކުރާ ފައިރިޝް ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މީހުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކޮށް ފަރުވާއަށް ފޮނުވާފައި ހުއްޓައި ފިލި ފައިރިޝް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ދީނާ މިނިވަންކަމާ ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ: ރައީސް
17 Nov 2026 ހަބަރު

ދީނާ މިނިވަންކަމާ ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ: ރައީސް

އަދި، އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫން ކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި
17 Nov 2026 ހަބަރު

ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި

ސަރުކާރުގެ އަމާޒަކީ ރަަސްމާލޭގެ 1009 ހެކްޓަރުގެ ބިން މި އަހަރުގެ ނިޔަލަށް ހިއްކާ ނިންމުމެވެ.