ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރުގެ ނަން މަޖިލީހަށް ފޮނުވައިފި
ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަމީރު ފަނޑިޔާރު ކަމަށް އައްޔަނު ކިރެއްވުނަށް އެދި ރައީސް މުޢިއްޒު ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
އެއާއެކު ރިޔާސަތުން ވަނީ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ސުޕްރީމް ކޯޓުގައި ޖާގަ ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ.
ހުސްވާ މަގާމަށް ޝައުޤުވެރިކަން ފާޅުކުރެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.
ޝަރުޢީ ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސަމީރު ވަނީ 2011 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްޤާޟީކަން ފުރުއްވައި، ހައި ކޯޓުން ވަކިވެވަޑައިގެންނެވި ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ އަދާކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް