މީގެ ކުރިން ކަސްޓަމްސްއިން އަތުލައިގަތް ޑްރަގް-
މީގެ ކުރިން ކަސްޓަމްސްއިން އަތުލައިގަތް ޑްރަގް-
ހަބަރު 18 Nov 2026 | 12:51

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯ (3200 ގްރާމް) ގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، މި ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ނޮވެންބަރު 8 ގައި މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެންނެވެ.

އެ ފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.2 ކިލޯ (3200 ގްރާމް) ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެއިން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި
18 Nov 2026 ހަބަރު

ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެއިން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް، ރާއްޖޭގެ ފަރާތުން ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފިއެވެ.

އެޗްޑީސީގެ ފާއިތުވި ތިން އަހަރު؛ ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ކުލި ކުޑަކުރުމުގެ ބޮޑެތި މަސައްކަތްތަކެއް
18 Nov 2026 ހަބަރު

އެޗްޑީސީގެ ފާއިތުވި ތިން އަހަރު؛ ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ކުލި ކުޑަކުރުމުގެ ބޮޑެތި މަސައްކަތްތަކެއް

އެޗްޑީސީން ފާއިތުވި ތިން އަހަރު 3,960 ހައުސިންގ ޔުނިޓް ބިނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ހިޔާ އާއި ވިނަރެސް ކުލި ކުޑަކޮށް، ރަސްމާލެ ހިމެނޭހެން 713 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރުގެ ނަން މަޖިލީހަށް ފޮނުވައިފި
18 Nov 2026 ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރުގެ ނަން މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔާކުރައްވާތީ ހުސްވާ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ޢައްޔަންކުރުމަށް ޖޭއެސްސީގެ ލަފާގެ މަތިން ރައީސް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދޭން ނިންމައިފި
18 Nov 2026 ހަބަރު

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދޭން ނިންމައިފި

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖައިގެ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވުމަށް ވަނީ ނިންމަވައިފައެވެ.

އާއްމުންނަށް އުނދަގޫކުރާ ފައިރިޝް ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި
18 Nov 2026 ހަބަރު

އާއްމުންނަށް އުނދަގޫކުރާ ފައިރިޝް ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މީހުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކޮށް ފަރުވާއަށް ފޮނުވާފައި ހުއްޓައި ފިލި ފައިރިޝް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ދީނާ މިނިވަންކަމާ ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ: ރައީސް
17 Nov 2026 ހަބަރު

ދީނާ މިނިވަންކަމާ ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ: ރައީސް

އަދި، އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫން ކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި
17 Nov 2026 ހަބަރު

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް
15 Nov 2026 ދުނިޔެ

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް

ރާއްޖޭގެ އިރުއުތުރުން، ސްރީލަންކާގެ ދެކުނު ކަނޑުގެ ސަރަޙައްދުން ގާތްގަނޑަކަށް 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެ ޤައުމުގެ މަސްބޯޓެއް ލަންކާ ނޭވީން އަތުލައިގެންފިއެވެ. މި އޮޕަރޭޝަންގައި އެ ބޯޓުގައި ތިބި 5 މީހަކު ވަނީ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.