ދަރިފުޅަކު މަންމައަށް ހަމާލާދީ ޒަހަމްކޮށްލައިފި، މަންމަގެ ހާލު ސީރިއަސް
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްއެއްގައި މާރާމާރީ ހިންގައި ދަރިފުޅަކު މަންމަ އަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ 18:50 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އަނިޔާވީ 51 އަހަރުގެ އަންހެނަކަށް ކަމަށާއި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެ އަންހެންމީހާ ގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިހާތަނަށް ބެލި ބެލުމުން ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ކަން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް