އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަނުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ޙުސެއިން ފަހުމީ ވަނީ އައްޔަނުކޮށްފިއެވެ.
އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުންފެށިގެންނެވެ.
Cއެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި، އަބްދުލް މަތީން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްއިތުފާ ދެއްވީ މިމަހު 12 ވަނަ ދުވަހުއެވެ.
ފަހުމީ އަކީ މީގެ ކުރިން ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މަގާމުން ވަކިކުރުމަށްފަހު އޭނާއަށް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް