ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯތައް އާންމުކުރަން ފަށައިފި
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯތައް އާންމުކޮށް، ޝަރީއަތްތައް ލައިވް ކުރަން ފަށައިފިއެވެ.
ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުން ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އަޑުއެހުންތަކުގެ ރެކޯޑިން އާންމު ކުރަން ފަށާފައިވާކަން ހާމަކުރެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް މިހާރު ހަމަޖެހިިފައިވާނެ ކަމަށާއި ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް ބެލޭނެ އިންތިޒާމް ވެސް ބަޖެޓް ލިބުނުހާ އަވަހަކަށް ހަމަޖެހޭނެ ކަމަށެވެ.
ޝަރީއަތްތަކަށް ވަދެ ނިކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ ރެކޯޑިން އޭގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން ގާނޫނަކުން އާންމުންނަށް ހުޅުވާލައިގެން ޝަރީއަތް ބޭއްވުން މަނާކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި ސުޕްރީމް ކޯޓުގެ ބޭއްވޭ ޝަރީއަތްތަކުގެ މަޖިލިސްތައް ހިނގަމުންދާއިރު ޝަރީއަތްތަކަށް ވަދެ ނުކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް