ހުުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ފެނުނު ބަޔަކު ވޭތޯ ބަލަނީ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ފެބްރުއަރީ 15 ވަނަ ދުވަހުގެ 10:20 އެހައިކަންހާއިރު، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވާކަމަށެވެ.
ވީމާ، ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް