ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ނިވާކަންކުޑަކޮށް ތިބި ވީޑިއޯއެއް ދެއްކި މައްސަލަ ތަހުގީގު ކުރަނީ
ދ. މާއެނބޫދޫ ސުކޫލުގެ ބިދޭސީ ޓީޗަރަކު، އެސްކޫލުގެ ގްރޭޑް ހަތެއްގެ ދަރިވަރުންތަކަކަށް، ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ، ދ. މާއެނބޫދޫ ސުކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ޑޮކިއުމެންޓަރީއެއް ދެއްކި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމައްސަލަ ކުރމަތިވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ބިދޭސީ ޓީޗަރަކީ މިދިޔަ އަހަރު އެ ސްކޫލުގައި މަސައްކަތް ކުރަންފެށި ސްރީލަންކާގެ ޓީޗަރެކެވެ.
ދ. މާއެނބޫދޫ ސުކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ޑޮކިއުމެންޓަރީއެއް ދެއްކި މައްސަލައެއް ފެންމަތިވި އިރު، މެދު ރާއްޖެ ތެރޭގެ ރަށެއްގައި 15 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއްވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް