ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކަށް ރައީސް ނަޝީދުގެ ފާޑުކިޔުންތަކެއް!
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ''އަންޒަމާނު ކަރަޔަށް ވައި އެރިއިރު'' އެޒަމާނުގައި ހުށަހެޅި ޒާތުގެ ބިލުތަކެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކަކީ ހަމައެކަނި ސުރުހީ އެއް ކަމަށެވެ.
އެގޮތުން މިދިޔަ ދައުރު މަޖިލީހަށް ހުށަހެޅި 56 ބިލެއް އެއްފަހަރާ ލިބުނު އިރު، އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިހާތަނަށް ފޮނުވާފައި އޮތް 56 ބިލަކީ ޔޫއެންޑީޕީ އާއި ދުނިޔޭގެ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި އެކުވެރި ދައުލަތްތަކުގެ ޕްރެޝަރާ ހެދި ސަރުކާރުގެ ވުޒާރާތަކުން ބަހަނާ ދެއްކުމުގެ ބޭނުމުގައި ހެދި ބިލްތަކެކެވެ. އެ ބިލްތަކުގައި ލިޔެފައި ހުރީ ވެސް ބަހަނާ ކަމަށާއި، އެހެންކަމުން އެ ބަހަނާތަކަށް ބައްލަވައިގެން މެންބަރުން ބިލްތައް ހުށަހެޅުއްވަމުން ނަޝީދު އެދިވަޑައިގެންނެވިއެވެ.
''ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަަނޑު ސާފުކޮށްދޭން ބޭނުންވާ ކަމަކީ، މި ބިލްތަކަކީ އަންޒަމާނުކަރަޔަށް ވައި އެރި އިރުގެ ތަކެތިކަމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގާނޫނު ހެދުމުގެ ހުރިހާ މަޝްވަރާއެއް ކުރަން ޖެހޭ ތަނަކީ ގާނޫނުހަދާ މަޖިލިސް ކަމަށާއި އެހެންތަނެއްގައި ގާނޫނު ހެދުމާއި ގުޅޭއެއްވެސް ކަމެއް އިންތިޒާމު ކުރެވިފައި ނެތް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް