ތިލަފުށީ ގައި ދެމުން ދިޔަ ފެނުގެ ޚިދުމަތް މެދުކެނޑިއްޖެ
ކ. ތިލަފުށީގައި ދެމުން އައި ފެނުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުގެ ޚިދުމަތް މެދު ކެނޑުނީ ފެން ޓޭންކެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.
ތިލަފުށީ ގައި ފެނުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި، އެމްޑަބްލިއުއެސްސީން ބުނީ، ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ވީއެންމެ އަވަހަށް ހައްލުކޮށް ފެނުގެ ހިދުމަތް ދިނުމަށް އެމް.ޑަބްލިއު.އެސް.ސީގެ ޓީމުން މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ސިނާއީ މަސައްކަތްކުރާ ތިލަފުށީގެ އިތުރުން، މާލެ ސަރަހައްދުގެ ހުރިހާ ރަށެއްގައި ސަޕްލައި ފެނުގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް