އދ އަތޮޅުގެ ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމާ ސާވިސް ޓްރެއިނިން ދީފި
އދ އަތޮޅުގެ ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމާ ސާވިސް ޓްރެއިނިން ދީފި އެވެ.
މި ޓްރެއިނިން ބާއްވާފައިވަނީ ނިމިދިޔަ ހަފްތާގައެވެ.
ސްޓެލްކޯއިން ބުނީ އެ ޓްރެއިނިން އަކީ އަތޮޅުތެރޭގެ އިންޖީނު ގެތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން ހިންގި ޕްރޮގްރާމެއް ކަމަށެވެ.


ސްޓެލްކޯއިން ބުނީ މި ޓްރެއިނިންގެ ތެރެއިން ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި، މުއާމަލާތްކުރުމަށް ގެންގުޅޭނެ ހަރުދަނާ އުސޫލުތައް މުވައްޒަފުންނަށް ކިޔައިދެވިފައިވާނެ ކަމަށެވެ.
ސްޓެލްކޯއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް މާލެ އާއި އޮތިޅުތެރޭގައިވެސް ކުރިއަށް ގެންދާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް