ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން؛ ފޮޓޯ / ސްޓެލްކޯ
ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން؛ ފޮޓޯ / ސްޓެލްކޯ
ހަބަރު 31 Oct 2026 | 12:30

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

ރ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ ހިދުމަތްތައް ދޭން ފަށައިފިއެވެ.

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ރ. އަތޮޅުގެ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވި ދުވަހުން ފެށިގެން، އެ އަތޮޅުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މި މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް އިތުބާރުހުރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީ ހިދުމަތްތައް ކަށަވަރުކޮށްދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން ހިދުމަތުގެ މިންގަނޑުތައް މަތިކުރުމަށް ކުރަންޖެހޭ އެންމެހާ އިސްލާހީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މި ބަދަލު އައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ފެނަކައާއި އާރްޑީސީ އުވާލާއި، އެ ކުންފުނިތަކުގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީއާއި ހަވާލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުންނެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިކަން އިއުލާން ކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުންވެސް އެނގޭ ކަމަށެވެ.

އެގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެމްޓީސީސީއާ އާރްޑީސީއަކީ އެއް ކަހަލަ މަސައްކަތެއް ކުރާ ދެކުންފުނި ކަމަށެވެ. އެހެންކަމުން، އާރްޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ކުންފުނިތައް ރައިޓް ސައިޒްކޮށް، އެ ކުންފުނި ތަކުން، އިތުރު މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު
01 Nov 2026 ހަބަރު

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގާ ތަނަވަސްކަން ހޯދާދޭނެ ޕްރޮޖެކްޓަކާއި ޒައިނިޒަމް އާއި ގުޅުވާ އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަ ވާނެ ކަމެއް ނޫން ކަމަށެވެ.

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި

އޭނާ މާލެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މާލެ އައީ ކިހިނެތް ކަމެއް ނޭންގެ އެވެ.

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
01 Nov 2026 ހަބަރު

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިގޮތުން، މި އެވޯޑުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި
01 Nov 2026 ހަބަރު

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި

އެ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޮޅުވާލައިގެން އޯޓީޕީ (ޯޓ÷) ކޯޑު ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކު އެކައުންޓަށް ވަދެފައިވާ ކަމަށާ، އަދި އެ އެކައުންޓުން 63،000 ދިވެހި ރުފިޔާއާއި 21،000 އެމެރިކާ ޑޮލަރު (ޖުމުލަ 386،820 ރުފިޔާ) މަކަރާއި ހީލަތުން ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި
01 Nov 2026 ހަބަރު

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ
01 Nov 2026 ހަބަރު

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވޯޓްލާ މީހުން ރީ-ރެޖިސްޓާވާން ހުޅުވާލައިފި؛ ޖުމުލަ 10 ފޮށި ބަހައްޓާނެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.