މޯލްޑިވް ގޭހާއި ސްޓެލްކޯގެ އިސްވެރިން؛ ފޮޓޯ / ސްޓެލްކޯ
މޯލްޑިވް ގޭހާއި ސްޓެލްކޯގެ އިސްވެރިން؛ ފޮޓޯ / ސްޓެލްކޯ
ހަބަރު 18 Nov 2026 | 17:15

މޯލްޑިވްސް ގޭހާއި ސްޓެލްކޯ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އާއި ސްޓެލްކޯގެ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ކުންފުނީގެ އިސްވެރިން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވް ގޭހުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދެވެ. އަދި ސްޓެލްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދެ ކުންފުނީގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރެވޭނެ އައު ގޮތްތައް ހޯދުމެވެ. އެގޮތުން، ދެ ފަރާތުން ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި މިފަދަ ގުޅުންތައް ބަދަހިކުރުމަކީ، ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވިކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެފަރާތުންވެސ ްވަނީ ފާހަަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި
18 Nov 2026 ހަބަރު

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފި އެވެ. 

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި
18 Nov 2026 ހަބަރު

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި

ލައިސަންސް ބާތިލްކުރީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ކަމަށް އެ އިދާރާގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ
18 Nov 2026 ހަބަރު

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ

ހުޅުމާލޭގައި ފުލުހުން ޓޯ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މަގުތައްމަތީގައި ނުގަވައިދުން ޕާކްކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާވެސް ބޮޑުވެފައި ވަނިކޮށެވެ.

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު
15 Nov 2026 ހަބަރު

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު

ޑރ.އަޒުވަރު ވިދާޅުވީ ރަށްރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި އިންޖީނުގޭތައް ނަގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބޮޑު ބައެއް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި
31 Oct 2026 ހަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.