ހަލުއިދާ
ހަލުއިދާ
ލައިފްސްޓައިލް 19 May 2023 | 04:41

މީރުކޮށް ހަލުއިދާ ހަދަން ބޭނުންތަ؟ މިއޮތީ ރެސިޕީ!

ހަލުއިދާ އަކީ ވަރަށް މަދު ތަކެތި ބޭނުންކޮށްގެން ވަރަށް ފަސޭހަ ކަމާއިއެކު ތައްޔާރު ކޮށްލެވޭ މީރު ފޮނި ބާވަތެކެވެ.

ބޭނުންވާ ތަކެތި:

7 ޖޯޑު ފެން

1 ޕެކެޓް ހަލުއިދާ

½ 1 ގެރިކިރު ދަޅު

ކާކުލަ

ތައްޔާރު ކުރާނެ ގޮތް:

1. ހަލުއިދާ ބޮނޑީގެ 10 އިންޗި ވަރުވާ ބައިގަނޑެއް ކަތުރަކުން ބުރިކޮށްލުމަށްފަހު އެބައި ކުދި ކުދިކޮށް ކޮށާލާށެވެ.

2. ދެން 2 ޖޯޑު ފެން ބޯތަށްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކޮށި ހަލުއިދާތައް އަޅާލާފައި ފޯކުރަން ބަހައްޓާށެވެ.

3. އެއަށްފަހު 5 ޖޯޑު ފެން ތެއްޔަކަށް އަޅައި އުނދުން މައްޗަށް އުދައި ފެންގަނޑު ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ.

4. ފެންގަނޑު ކެކި ގަތުމުން ފޯކުރަން ބެހެއްޓި ހަލުއިދާތައް ތެއްޔަށް އަޅާފައި ހުއްޓާނުލާ ހަލުއިދާކޮޅު ފެނުގެ ތެރެއަށް ރަނގަޅަށް ވިރެން ދެން ހަލުވާށެވެ.

5. ހަލުއިދާ ތައް ވިރުމުން ގެރިކިރާއި ކާކުލަ ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.

6. ދެން ތަބަކެއްގެ ތެރެއަށް ކެއްކި ހަލުއިދާ އަޅާލުމަށްފަހު އައިސް އަލަމާރިއަށް ލައި ހަލުއިދާ ސެޓް ކުރަން ބަހައްޓާށެވެ. ބޭނުން ނަމަ މައްޗަށް ކަނަމަދު ކޮޅެއް ކޮށާފައިބުރުވާވެސް ލެވިދާނެއެވެ. ރަނގަޅަށް ސެޓުވުމުން ބޭނުންވާ ސައިޒަކަށް ކަފާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...