ކ ގުރައިދޫގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައިފި
ކ ގުރައިދޫގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި ގިނަ އަދެއްދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހަވީރު 17:30 ހާއިރު ހިނގި މިހާދިސާ ހިނގާފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އެރަށުގެ އެމްޑީޕީ ސަޕޯޓަރުން ހިނގި އިހުތިޖާޖު ހޫނުވެ ގޮސް ދެފަރާތުގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުންނެވެ.
މި ހަމަނުޖެހުމުގެ ތެރެއިން ބަޔަކަށް އަނިޔާވެފައިވާއިރު ހަމަނުޖެހުމުގެ ތެރެއިން 22 އަހަރުގެ ދިވެހި ފިރިހެނެއްގެ ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަަލަ ފުލުހުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް