ޗޮކްލެޓް ޗިޕްސް ކޫކީސް-- ފޮޓޯ: ގޫގުލް
ޗޮކްލެޓް ޗިޕްސް ކޫކީސް-- ފޮޓޯ: ގޫގުލް
ލައިފްސްޓައިލް 19 Oct 2022 | 00:58

އަބަދު ބިސްކޯދު ނުގަނެ، މިގޮތަށް ޗޮކްލެޓް ޗިޕްސް ކޫކީސް ހަދާލަބަ!

މިއަދު "ވޮއިސް" ގެ ބަދިގެއިން ނި ގެނެސްދެނީ ޗޮކްލެޓް ޗިޕްސް ކޫކީސް ހަދާނެގޮތެވެ. ޗޮކްލެޓް ޗިޕްސް ކޫކީސް އަކީ ހުހާއި ކާންވެސް އަދި ސަޔާއި އެކީ ކާންވެސް މީރު، އަދި ހަދާލަންވެސް މާ ބޮޑު މަސައްކަތްތަކެއް ކުރަން ނުޖެހޭ އެއްޗެކެވެ. އަބަދު ފިހާރައިން ބިސްކޯދު ގަތުމުގެ ބަދަލު މިގޮތަށް ކޫކީސް ހަދާލާފައި ބެހެއްޓުމުން އަތުން ދާ ޚަރަދުވެސް މާ ކުޑަ ވާނެއެވެ.

ބޭނުންވާތަކެތި

1 ޖޯޑު އަން-ސޯލްޓެޑް ބަޓަރ (މަޑު ކޮށްފައި(ސޮފްޓެންޑް ބަޓަރ))

1/2 ޖޯޑު އާދައިގެ ހަކުރ

1 ޖޯޑު ބްރައުން ޝުގަރ

2 ބިސް

2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

3 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ލޮނު

2 ޖޯޑު ޗޮކްލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް

ތަށްޓެއްގެ ތެރޭގައި ބަޓަރާއި، ބްރައުން ޝުގަރ އާއި އާދައިގެ ހަކުރު، ހެންޑް މިކްސަރަކުން (މީޑިއަމް ނޫނީ ހައި ސްޕީޑްގައި) ގާތް ގަނޑަކަށް 5 މިނެޓް ވަންދެން ރަނގަޅަށް ގިރާލާށެވެ. ހުރިހާ ތަކެތި އެއްވެ ކްރީމީ މިކްސްޗަރ އެއް ހެދެންދެން އެކުލަވާލަން ވާނެ އެވެ. ދެން ފަހަރަކު ބިހެއް އޭގެ ތެރެއަށް ލަމުން ގިރަމުން ދާށެވެ. އެއަށްފަހު ވެނީލާ އެސެންސް އަޅައިގެންވެސް ރަނގަޅަށް ގިރާލާށެވެ.

ދެން އެހެން ތަށްޓެއްގައި ފުށާއި ލޮނާއި ބޭކިންގ ޕައުޑަރ އެކުލަވައިލުމަށްފަހު، ފުށް މިކްސްޗަރ ކުރިން ހެދި ކްރީމް މިކްސްޗަރ އަށް މަޑު މަޑުން އެކުލަވަމުން އަޅަމުންދާށެވެ. ދެ މިކްސްޗަރ ރަނގަޅަށް އެކުލެވުމުން ޗޮކްލެޓް ޗިޕްސް ކޮޅުވެސް އަޅާލާފައި ސަމުސަލަކުން ރަނގަޅަށް އެކުލާވާލާށެވެ.

ދެން، އެ މިކްސްޗަރ އިން ކުދި ބޯޅަ ހެދުމަށްފަހު ކުޑަކޮށް ދެއަތް ދޭތެރެއަށްލައި ފަތިކޮށްލުމަށްފަހު ބޭކިންގ ޝީޓްއެއްގެ މަތީގައި އަތުރާލާށެވެ.

ކޮންމެ ދެ ކޫކީ އެއް ދޭތެރޭގައި ހުސް ޖާގަ ބަހައްޓަންވާނެއެވެ. ހުރިހާ ކޫކީތައް އަތުރައި ނިމުމުން ޕްރީ ހީޓް ކޮށްފައި އިން އަވަނެއްގައި، 180 ޑިގްރީ ގައި 15-12 މިނެޓް ވަންދެން ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...