މެމްބަރު މޫސާ ސިރާޖު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
މެމްބަރު މޫސާ ސިރާޖު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު 19 Oct 2022 | 05:39

މީޑިއާނެޓަށް މަންފާވާ ގަވައިދު ހަދާފައި އޮތީ ބްރޯޑްކޮމްއަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން: ސިރާޖު

ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދެއް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވަނީ އެ ކޮމިޝަނަށް ނުލިބޭ ބާރެއް ބޭނުންކޮށްގެންކަމަށް މަޖިލީހުގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖު މިފަދައިން ވިދާޅުވެފައިވަނީ ގާނޫނާއި ޚިލާފަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ރީބްރޯޑްކާސްޓުކުރުމުގެ ގަވައިދު އުވާލުމަށް ގޮވާލާ މަޖިލީހުގެ ނއިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ހުށައެޅުއްވި ގަރާރަށް މިއަދު މަޖިލީހުގއި ވާހަކަދައްކަވަމުންނެވެ.

ސިރާޖު ވިދާޅުވީ ރީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގައި އެ ހުއްދަ ދެވޭނެ ޝަރުތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

"މައިގަނޑު ދެ ކަމެއް ގާނޫނުގައި ރީބްރޯޑްކާސްޓުކުރުމަށް ހުއްދަ ދޭއިރުގައި ބަލަނީ. އެއްކަމަކީ އެ ޗެނަލްއަކީ އެ ގައުމެއްގައި ހުއްދަ ނަގައިގެން ހިންގާ ޗެނަލަކަށް ވުން. ދެވަނަ ކަމަކީ ރީބްރޯޑްކާސްޓު ކުރަން އެދޭ ފަރާތް އަތުގައި އެކަމުގެ އެ ޗެނަލްގެ ރައިޓްސް ގަނެފައި އޮތުން. އެ ދެ ޝަރުތު ހަމަވާނަމަ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް ދޭން ޖެހޭނެ"

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ސިރާޖު ވިދާޅުވީ ކޮމިޝަނަށް ލިބެދޭ ބާރަކީ ގާނޫނާއި އެއްގޮތަށް އުސޫލުތައް ކަނޑައެޅުމުގެ ބާރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ލިބޭގޮތަށް ގަވައިދެއް ހެދި ސަަބަބާއި ގުޅިގެން ބްރޯޑްކޮމްއާއި ސުވާލުކޮށްފައިވާކަމަށެވެ.

އެ ގަވައިދު އެކުލަވާލުމުގައި ބްރޯޑްކޮމް އިން ހަވާލާދެނީ ގާނޫނުގެ 36 ވަނަ މާއްދާއަށްކަމަށް ސިރާޖު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މާއްދާއަށް ބަލާއިރު، އެ މާއްދާއިންވެސް ހަގީގަތުގައި މިހާރު އޮތް ގޮތަށް އެ ގަވައިދު އެކުލަވާލުމުގެ ބާރު ބްރޯޑްކޮމްއަށް ލިއްބައި ނުދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

" އެ ގާނޫނުގެ 36 ގައި މި އޮންނަނީ ބްރޯޑްކާސްޓު ކުރުމުގެ ސިޔާސަތު ފުޅާކުުރުމުގެ ބޭނުމުގައި ލައިސެންސްއެއް ދޫކުރުމުގައި ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުގެނައުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވޭ، މީގައި މި އޮންނަނީ ބްރޯޑްކާސްޓުކުުރުމުގެ ވާހަކަ، ރީބްރޯޑްކާސްޓުކުރުމެއް ނޫން، އަދި މި މާއްދާގައި ބަޔާންކުރަނީ ފުޅާކުރުމުގެ ބޭނުމުގައިކަމަށް"

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ސިރާޖު ވިދާޅުވީ ފުޅާކުރުމުގެ ބޭނުމުގައި އެކުލަވާލާ ގަވައިދެއް ވާން ޖެހޭނީ އިތުރު ބަޔަކަށް ފުރުސަތު ލިބިގެންދާނެ ކަމެއްކަމުގައެވެ. އަދި މިހާރު އެ ގަވައިދު އޮގް ގޮތުން ޚިދުމަތް ދެމުން އަންނަ އެއްވެސް ފަރާތަކުން އެ ޚިދުމަތްދިނުން ހުއްޓާލަން ޖެހޭނެތޯ ބްރޯޑްކޮމްއާއި ސުވާލުކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން، އެފަދައިން ޚިދުމަތް ދެމުން އައި ފަރާތެއް ހުއްޓާލަން ޖެހޭނެކަމަށް ބްރޯޑްކޮމް އިން ބުނެފައިވާކަމަށް ސިރާޖުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ، ހަމައެކަނި އެ ޖަވާބަށް ބަލާއިރުވެސް މިއީ 36 ވަނަ މާއްދާގައި އެ ބުނާ މަގްސަދާއިވެސް ޚިލާފު ގަވައިދެއްކަން އެނގޭކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ގަވައިދާއި ގުޅިގެން ނުރހުން ފާޅުކުރައްވާ ސިތާޖު ވިދާޅުވީ އެ ކޮމިޝަނުން ވަކި ބަޔަކަށް މަންފާވާ ގޮތަށް އެ ގަވައިދު ހަދާފައިވަނީ އެ ކޮމިޝަނަށް ލިބިދީފައި ނުވާ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށެވެ. އަދި އެ ގަވައިދަކީ ގާނޫނާއި ކަނޑައެޅިގެން ޚިލާފު ގަވައިދެއްކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.