އަލީ އަޝްފާގު އަދި އަހުމަދު ތޯރިޤް
އަލީ އަޝްފާގު އަދި އަހުމަދު ތޯރިޤް
ކުޅިވަރު 19 Oct 2023 | 15:10

ޠާރިގު އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން، ކުރީގެ އެއް ނަންބަރު ފޯވާޑް އަދި މިހާރު ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އިއުލާންކުރައްވައިފި އެވެ.

ޓޮމްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ލިޔެފައި ވަނީ “ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކްލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން” ޓޮމްގެ ޕޯސްޓުގައިވެ އެވެ.

ޓޮމް ވަނީ 2016 ވަނަ އަހަރު ކުރު މުއްދަތެއްގައި އެފްއޭއެމްގެ ރައީސްކަން ކުރައްވާފަ އެވެ. ހަތަރު މަސްދުވަހުގެ އެ މުއްދަތުގައި ޓޮމް އަށް އެ މަގާމް ގެއްލުނީ އޭރުގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ވަކިކުރުމުގައި އުސޫލާ ހިލާފްވެގެންނެވެ. އެ މައްސަލައިގައި އޭރު އެފްއޭއެމްގެ އެކްސްކޯގައި ތިބި ފަސް މެމްބަރަކު އިސްތިއުފާދެއްވީ އެވެ.

އެ އަހަރު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ވާދަކުރައްވައި ޓޮމް އަށް ނާކާމިޔާބުވި އެވެ. އެފަހަރު އިންތިހާބު ކާމިޔާބުކުރައްވައި ބައްސާމް މިހާރު އަންނަނީ އޭނާގެ ދެ ވަނަ ދައުރު ފުރިހަމަކުރައްވަމުންނެވެ. މިހާރު ގުނަމުންދާ ބައްސާމްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އދ. މަހިބަދޫ އަށް އުފަން ޓޮމް އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. ކްލަބް ލެވެލްގައި ނިއު ރޭޑިއަންޓާއި އުފަން ރަށުގެ އިތުރުން ވީބީ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ފެނުނެވެ. ގައުމީ ޓީމުގައި ވެސް ޓޮމް އަކީ ވިދުން ގަދަ ފޯވާޑެކެވެ. ގައުމީ ޓީމަށް ކުޅުނު 38 މެޗުގައި ޓޮމް 16 ގޯލު ޖެހި އެވެ.

ޓޮމް އަކީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. މީގެއިތުރުން އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޝައުގުވެރިވާކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އަޝްފާގުގެ ފަރާތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ގޮނޑުދޮށްތަކާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ތައްޔާރުވަނީ
30 Mar 2026 ހަބަރު

ގޮނޑުދޮށްތަކާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ތައްޔާރުވަނީ

ކުރިއަށްއޮތް ތަނުގައި ގޮނޑުދޮށްތަކަށާއި މޫދަށް ކުނިއަޅާމީހުންނަށް ފިޔަވަޅު އަލަމުންދާނޭކަމަށް ތިމާވެއްޓާބެހޭ ވަޒީރު، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ކުނި މެނޭޖްކުރުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ފ...

ފަލަސްތީނު މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ބައްލަވައިގަތީ ރައީސް މުޢިއްޒު
13 Nov 2025 ހަބަރު

ފަލަސްތީނު މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ބައްލަވައިގަތީ ރައީސް މުޢިއްޒު

ފަލަސްތީނާ ދިވެހިރާއްޖެ މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވައިގަނެފިއެވެ. ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސްއި...

އެފްއޭއެމްގެ ރައީސް ތޯރިގް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެ
09 Oct 2025 ކުޅިވަރު

އެފްއޭއެމްގެ ރައީސް ތޯރިގް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ތާރިޤް (ޓޮމް) ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އައްޔަނުކުރުމަށް ފީފާގެ ކައުންސިލުން ނިންމައިފިއެވެ. މިއީ ފީ...

ހުރިހާ ކްލަބެއްގެ ތާއީދާއެކު އެފްއޭއެމްގެ ރައީސް ކަމަށް ޠާރިޤު ކުރިމަތިލައްވައިފި
06 Jul 2025 ކުޅިވަރު

ހުރިހާ ކްލަބެއްގެ ތާއީދާއެކު އެފްއޭއެމްގެ ރައީސް ކަމަށް ޠާރިޤު ކުރިމަތިލައްވައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގެ މަޤާމަށް، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) ކުރިމަތިލައްވައިފި އެވެ. އެފްއޭއެމްގެ ރ...

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިޔައީ، ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރެން ތައްޔާރުވަމުން: ޠާރިޤު
14 May 2025 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިޔައީ، ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރެން ތައްޔާރުވަމުން: ޠާރިޤު

ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ތައްޔާރުވަމުންދިޔަ ކަމުގެ ތުހުމަތު މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ...

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޠާރިޤް
24 Mar 2025 ހަބަރު

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޠާރިޤް

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ހއ.މާރަންދޫގައި މިއަދު އޭޓީއެމްގެ ...