އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ފޯމު ހުށަހަޅުއްވަނީ: ފޮޓޯ/ މީސްމީޑިއާ
އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ފޯމު ހުށަހަޅުއްވަނީ: ފޮޓޯ/ މީސްމީޑިއާ
ކުޅިވަރު 06 Jul 2025 | 07:45

ހުރިހާ ކްލަބެއްގެ ތާއީދާއެކު އެފްއޭއެމްގެ ރައީސް ކަމަށް ޠާރިޤު ކުރިމަތިލައްވައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގެ މަޤާމަށް، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) ކުރިމަތިލައްވައިފި އެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ޓޮމް ކުރިމަތިލެއްވީ އެފްއޭއެމްގެ މެމްބަރު 23 ކުލަބުގެ ތާއީދާ އެކު އެވެ.

މިކަމާއި ގުޅިގެން މީސްމީޑިއާގައި ޓޮމް ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ، ރައީސް ކަމަށް އިންތިޚާބް ވެއްޖެނަމަ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ.

ޓޮމްގެ އެކްސްކޯ މެންބަރުން:

1- ރައީސް: އަހްމަދު ތާރިޤް

2- ސ. ވީޕީ: އަލީ އިބްރާހިމް (ނިއު)

3- ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)

4- ވީޕީ: މުޖުތަބާ ޖަލީލް (ނިއު)

5- އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)

6- މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)

7- އަޙްމަދު އައްބާސް (ޓީސީ)

8- އަލީ ރިޒްވާން (ބީޖީ)

9- އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު

10 އަންހެން މެންބަރު: ހައްވާ ރަޝީދާ

11- އަބްދުالله ނާސިޙް (އޮޑި)

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމުގެ މުއްދަތު މިއަދު ހަމަވާއިރު ޓޮމް ފިޔަވައި އިތުރު މީހަކު ފޯމު ހުށަހެޅުއްވިކަން އަދި އިއުލާނު ކުރައްވާފައި ނުވެއެވެ. އަދި ޓޮމް، ހުރިހާ ކްލަބެއްގެ ތާއީދާ އެކު ކުރިމަތިލުމުން ދެން އިތުރު ކެންޑިޑޭޓަކަށް ފުރުސަތެއްވެސް ނޯންނާނެއެވެ.

ޓޮމް ގެ އިތުރުން މީގެ ކުރިން އިއުލާން ކުރެވުނު ދެފަހަރު އެ މަގާމަށް ކުރިމަތިލެއްވި ބައްސާމަށް ދެން ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް އެފްއޭއެމްގެ ގަވާއިދު މިހާރު ވަނީ ބަދަލު ކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގޮނޑުދޮށްތަކާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ތައްޔާރުވަނީ
30 Mar 2026 ހަބަރު

ގޮނޑުދޮށްތަކާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ތައްޔާރުވަނީ

ކުރިއަށްއޮތް ތަނުގައި ގޮނޑުދޮށްތަކަށާއި މޫދަށް ކުނިއަޅާމީހުންނަށް ފިޔަވަޅު އަލަމުންދާނޭކަމަށް ތިމާވެއްޓާބެހޭ ވަޒީރު، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ކުނި މެނޭޖްކުރުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ފ...

ފަލަސްތީނު މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ބައްލަވައިގަތީ ރައީސް މުޢިއްޒު
13 Nov 2025 ހަބަރު

ފަލަސްތީނު މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ބައްލަވައިގަތީ ރައީސް މުޢިއްޒު

ފަލަސްތީނާ ދިވެހިރާއްޖެ މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވައިގަނެފިއެވެ. ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސްއި...

އެފްއޭއެމްގެ ރައީސް ތޯރިގް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެ
09 Oct 2025 ކުޅިވަރު

އެފްއޭއެމްގެ ރައީސް ތޯރިގް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ތާރިޤް (ޓޮމް) ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އައްޔަނުކުރުމަށް ފީފާގެ ކައުންސިލުން ނިންމައިފިއެވެ. މިއީ ފީ...

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިޔައީ، ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރެން ތައްޔާރުވަމުން: ޠާރިޤު
14 May 2025 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިޔައީ، ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރެން ތައްޔާރުވަމުން: ޠާރިޤު

ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ތައްޔާރުވަމުންދިޔަ ކަމުގެ ތުހުމަތު މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ...

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޠާރިޤް
24 Mar 2025 ހަބަރު

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޠާރިޤް

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ހއ.މާރަންދޫގައި މިއަދު އޭޓީއެމްގެ ...

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ވަޒީރު ކަމަށް ތޯރިގަށް ރުހުން ދީފި
17 Feb 2025 ހަބަރު

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ވަޒީރު ކަމަށް ތޯރިގަށް ރުހުން ދީފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށް، އެ މިނިސްޓްރީގެ ވަޒީރަކަށް އައްޔަންކުރެއްވި ތޯރިގް އިބްރާހީމަށް, ރުހުން ދޭން ރައްޔިތުންގެ މަޖި...