ވަޒީރު މުއްޠަލިބު- ފޮޓޯ/ މަޖިލިސް
ވަޒީރު މުއްޠަލިބު- ފޮޓޯ/ މަޖިލިސް
ހަބަރު 19 Oct 2026 | 05:04

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ނިންމުމަށް ޖުމުލަ 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓާއި، އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މި އަހަރު ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދު ހޯދުމަށް ވަޒީރު މުއްޠަލިބާ ކުރެއްވި ސުވާލުގެ ޖަވާބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

”މަޝްރޫޢުތައް ނިންމުމަށް ލަފާކުރެވޭ ބަޖެޓު 58,831,473,267 ރުފިޔާ. 2026 ވަނަ އަހަރުގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓެއް. މިގޮތުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނާއެއްގޮތަށް މަޝްރޫޢުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން. ވުނާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫޢުއަކަށް ވަކި ވަރެއް ކަނޑައެޅިފައެއް ނުވޭ.“ވަޒީރުގެ ޖަވާބުގައި ވިދާޅުވިއެވެ

މީގެ އިތުރުން ޝަމްހީދު ވަނީ މިވަގުތު ކުރިއަށްދާ އެއާޕޯޓް އެޅުމުގެ މަޝްރޫޢު ތަކުގެ އަދަދާއި އެ މަޝްރޫޢުތައް ނިންމުމަށް އިތުރަށް ބޭނުންވާނެ ފައިސާގެ އަދަދާ ގުޅޭގޮތުންވެސް ވަޒީރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިހާރު ކުރިއަށްދަނީ ޖުމްލަ ފަސް އެއާޕޯޓްގެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫޢުތައް ނިންމުމަށް، ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ލ. އިސްދޫ ކަލައިދޫ އެއާޕޯޓްގެ މަސައްކަތް އަދި ކޮންޓްރެކްޓް ނުކުރެވޭތީ އެއަށް ބޭނުންވާ 600 މިލިއަން ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން، ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި
19 Oct 2026 ހަބަރު

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"
18 Oct 2026 ހަބަރު

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު
18 Oct 2026 ހަބަރު

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ އިތުރު ޓެކްސްތަކެއް ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ
18 Oct 2026 ހަބަރު

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
18 Oct 2026 ހަބަރު

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟

އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.