ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ހަބަރު 19 Oct 2026 | 07:13

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖަށް އާސަންދައިން ކުރާ ޚަރަދަށްވުރެ، އާސަންދަ ނިޒާމުގެ ތެރެއިން އާންމު ރައްޔިތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ މާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ފަލާޙު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ޚާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ޚިދުމަތް ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި އާންމު ރައްޔިތަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާޙު ވިދާޅުވީ، މަޖިލިސް މެންބަރެއްގެ އިންޝުއަރެންސް ޕެކޭޖަށް ދައުލަތުން އަހަރަކު ޚަރަދުކުރަނީ ކުޑަ އަދަދެއް ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ސައުވީސްހާސް ރުފިޔާ އަހަރަކު ދައްކާފަ، އޭގެ އިތުރުން މެމްބަރަކު ކިތަންމެ ބޮޑު ހަރަދެއް ކުރިޔަސް އެއީކީ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދެއް ނޫން. އެހެން ނަމަވެސް މީގަ އަނެއްކޮޅަށް ބަލާފިކަމަށް ވަންޏާ، އާސަންދަ ނިޒާމުގަ، އަޅުގަނޑަށްވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ހަރަދުކުރަނީ މިވަގުތު އެ ނިޒާމުގެ ގޮތުން ހަމަ ސީދާ ދައުލަތުގެ ބަޖެޓުން،" ފަލާޙު ވިދާޅުވިއެވެ.

ފަލާޙު އިތުރަށް ވިދާޅުވީ، އިންޝުއަރެންސް ޕެކޭޖުގެ ތެރެއިން މެންބަރަކަށް އަހަރަކު ތޭރަ ލައްކަ ފަންސާސް ހާސް ރުފިޔާގެ ޚިދުމަތް ލިބުނު ނަމަވެސް، އެއީ ސީދާ ދައުލަތުގެ ބަޖެޓުން ދައްކާ ފައިސާއެއް ނޫން ކަމަށެވެ. އަދި ދައުލަތުން މެންބަރެއްގެ ބޮލަކަށް ދައްކަނީ އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އަހަރަކު އެންމެ 24،000 ރުފިޔާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާސަންދައިގެ ނިޒާމާ އަޅާކިޔުއްވަމުން ފަލާޙު ވިދާޅުވީ، އާންމު ރައްޔިތަކަށް ކެންސަރު ފަދަ ނުރައްކާތެރި ބޮޑު ބައްޔެއް ޖެހިއްޖެ ހާލަތެއްގައި "ހުސްނުވާ އާސަންދަ" ގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުވާ ކަމަށެވެ.

"މިސާލަކަށް ބޮޑު ބައްޔެއް މީހަކަށް ދިމާވި، ދިވެހިރައްޔިތަކަށް. މިސާލަކަށް ކެންސަރު ނޫނިއްޔާ މިފަދަ ބޮޑު ނުރައްކާތެރި ބައްޔެއް ދިމާވި. ހިނގައިދާނެ އަހަރަކު ހަ މިލިއަން ރުފިޔާވެސް. ހުސްނުވާ އާސަންދަ މި އޮތީ. އެ ހަ މިލިއަންވެސް، ހަތް މިލިއަންވެސް، ދިހަ މިލިއަންވެސް ހަރަދުވާނީ ހަމަ ދައުލަތުގެ ބަޖެޓުންނޭ. އާސަންދަ ނިޒާމުގެ. އެހެންވީމަ ބަލާލަން އެބަޖެހޭ މީ ކޮން ނިޒާމެއްގަ ތޯ މި ދައުލަތަށް ގެއްލުންކުޑަ ވެގެން މިދަނީ،" ފަލާޙު ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް އިންސްޝުއަރެންސް ލިބޭ ގޮތަށް އޮތުމުން ބަޖެޓަށް ވާނީ ލުއި ކަމަށާ، އެ ކަމާ ގުޅޭ ގޮތުން ޕެޓިޝަން ހުށަހަޅަނީ ފިތުނަ އުފައްދަން ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން، މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އަނބިދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާންގެ ގައުމުތައް ހިމެނޭހެން 19 ގައުމަކުން އުމުރުދުވަހަށް ލިބޭ ވީއައިޕީ ހެލްތު އިންޝުއަރެންސް އުވާލުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މިފަދަ ޚާއްސަ އިނާޔަތްތަކެއް ރައްޔިތުންގެ ޓެކްސް ފައިސާއިން މެންބަރުންނަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މެންބަރުންނަކީވެސް އާންމުންނެކޭ އެއްފަދައިން އާސަންދައާއި އެންސްޕާގެ ނިޒާމުގެ ތެރެއިން ސިއްހީ ޚިދުމަތް ހޯދާ ބަޔަކަށް ހެދުމަށް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ. ސަބަބަކީ ގައުމުގެ އަސާސީ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭނީ، އާންމު ރައްޔިތުން ތަހައްމަލުކުރާ ތަކުލީފުތައް މަޖިލިސް މެންބަރުންނަށްވެސް ތަޖުރިބާ ކުރެވިގެން ކަމަށްވާތީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް
19 Oct 2026 ހަބަރު

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ރައްޔިތުންނަށާއި ދައުލަތަށް ވާނީ ފައިދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު
19 Oct 2026 ހަބަރު

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު
19 Oct 2026 ހަބަރު

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ނިންމުމަށް ޖުމުލަ 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން، ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި
19 Oct 2026 ހަބަރު

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"
18 Oct 2026 ހަބަރު

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު
18 Oct 2026 ހަބަރު

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ އިތުރު ޓެކްސްތަކެއް ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.