ފޮޓޯ: ލާމުއެމްވީ
ފޮޓޯ: ލާމުއެމްވީ
ހަބަރު 19 Oct 2026 | 10:40

އިސްދޫ-ކަޅައިދޫ އެއާޕޯޓްގެ މަސައްކަތަށް ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި

ލ. އިސްދޫ-ކަޅައިދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ 600 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަދި ފެށިފައި ނުވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، އެއާޕޯޓް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި އިތުރަށް ބޭނުންވާ ފައިސާގެ ތަފުސީލު ހޯއްދެވުމަށް ލިޔުމުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުގެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ވެސް ކުރިއަށްދާ ފަސް އެއާޕޯޓެއްގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އިސްދޫ-ކަޅައިދޫ އެއާޕޯޓުގެ ޢަމަލީ އެއްވެސް މަސައްކަތެއް އަދި ފެށިފައި ނުވަނީ، އެ މަސައްކަތް ބަޔަކާ ހަވާލުކޮށް ކޮންޓްރެކްޓް ކުރުމުގެ މަރުޙަލާ އަދި ނުނިމޭތީ ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މަޝްރޫޢަށް ބޭނުންވާ 600 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައެވެ.

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ، އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އޭގެ ފަހުން، މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ސަރުކާރުން ވަނީ އެ އެއާޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވަނީ އިސްދޫ-ކަޅައިދޫގައި ކަން ހާމަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި
19 Oct 2026 ހަބަރު

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ބަންދު މުއްދަތު އިތުރުކުރީ މަރިޔަމް އިޝާ އަޝްރަފް، ހުސައިން ޝާވިން އަދި މުހައްމަދު ނާހިލްގެ ބަންދަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ
19 Oct 2026 ހަބަރު

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ

އޭނާ އިސްތިއުފާ ދީފައިމިވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެ ހަރަކާތަށް ނިސްބަތްވާ ބައެއް އިލްމުވެރީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
19 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގެ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެވެ.

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
19 Oct 2026 ހަބަރު

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓްތަކެކެވެ.

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި
19 Oct 2026 ހަބަރު

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި

މި ބައްދަލުވުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ، ބައްދަލުވުން ބޭއްވުނީ ޑްރައިވަރުންގެ އެދުމުގެ މަތިންނެވެ.

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
19 Oct 2026 ހަބަރު

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސަރަހައްދީ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާއި، ގަވާއިދުތަކަށް ބިނާކޮށްފައިވާ ނިޒާމާ މެދު މަޝްވަރާކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން، ސަރުކާރުގެ އިސް މުވައްޒަފުންނާއި އެކަޑަމިކުން އަދި ރިސާޗް ދަރިވަރުން ބައިވެރިވިއެވެ. ހަރަކާތުގެ މައި ތަގްރީރު ކުރީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގެވެ.