ވިލާ މާޓް ރެހެންދި ހިނގުން
ވިލާ މާޓް ރެހެންދި ހިނގުން
ވިޔަފާރި 19 Nov 2022 | 14:29

އަގުހުރި އިނާމްތައް ލިބޭ, ވިލާގެ ވޯލްޑް ކަޕް ކެމްޕޭން "މަވެސް ބަލަން" މާދަމާ ފަށަނީ

މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ވިލާ ހަކަތަ އާއި ވިލާ ޓްރޭޑިން އިން އަގުހުރި އިނާމް ލިބޭ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

"މަވެސް ބަލަން"ގެ ނަމުގައި މާދަމާ ފަށާ މި ކެންޕެއިން ޑިސެމްބަރު 18ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ވިލާއިން ބުނީ މި ކެމްޕޭން ކުރިއަށްދާ މުއްދަތުގައި ވިލާގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ވިލާ މާޓުންނާއި ވިލާ ހަކަތައިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ކެމްޕޭންގެ ދަށުން ދޫކުރާ ލަކީ ޑްރޯގައި ބައިވެރިވެވޭއިރު، ލަކީ ޑްރޯއިން އެއްވަނައަށް ހޮވޭ ކަސްޓަރަމަރަކަށް އެންމެފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބޭނެ ކަމަށް ވިލާއިން ބުނެއެވެ. އަދި ދެވަނައަށް ހޮވޭ މީހަކަށް އިތުރު މީހަކާ އެކު ރިސޯޓު ދަތުރެއް އަދި ތިން ވަނައަށް ހޮވޭ މީހަކަށް ވިލާގެ ޑިސްކައުންޓު ވައުޗަރެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ވިލާ ހަކަތަ އާއި ވިލާ މާޓުން އަންނަނީ ވޯލްޑް ކަޕާ ދިމާކޮށް ސޯޝަލް މީޑިއާގައި ފޮޓޯ ޗެލެންޖެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި ޗެލެންޖުން ވަނަތައް ހޯދާ ފަރާތްތަކަށް ގިފްޓު ހެމްޕަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިލާއިން ބުނެއެވެ.

އަދި މި ކެމްޕޭން ކުރިއަށްދަ ދުވަސްވަރު ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކްލެޓުންނާއި ގާޑެންސް ބްރޭންޑުގެ ޖޭމުން ޑިސްކައުންޓް ވެސް ލިބޭއިރު ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯޝީޓެއް ވިލާ ހަކަތަ އަދި ވިލާ މާޓުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ މީހުންނަށް ވިލާގެ ސޯޝަލްމީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި
01 Jul 2026 ކުޅިވަރު

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި

މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އެމެރިކާގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން ވަޢުދުވެއްޖެއެވެ. ނާސާގެ އިސްވެރިޔާ ޖެރެ...

ވިލާ ހަކަތަ؛ ސިނާއީ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި 25 އަހަރު
14 Jan 2025 ވިޔަފާރި

ވިލާ ހަކަތަ؛ ސިނާއީ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި 25 އަހަރު

ވިލާ ހަކަތައިން މެދުކެނޑުމެއްނެތި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދެމުންދާތާ 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިއީ ކުރިއެރުމާއި، ތަރައްގީގާއި، އައު އީޖާދީ އުފެއްދުންތައް ތަޢާރަފް ކުރުމަށް...

ކައިޒެންއިން ވިލާ ހަކަތައިގެ މުއައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
25 May 2024 ހަބަރު

ކައިޒެންއިން ވިލާ ހަކަތައިގެ މުއައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ވިލާ ހަކަތައިގެ މުވައްޒަފުންނަށް ސްވިޒަލޭންޑުގެ ކައިޒެން އިންސްޓިޓިއުޓުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ވިލާ ހަކަތައިގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހަފްތާއެއްގެ މުއްދަތަށ...

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!
05 Mar 2024 ވިޔަފާރި

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ. "ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މާޗް 2024 އިން 10 އޭޕްރީލް 20...

މަސީގެ ސިމެންޓް ސަޕްލަޔަރ އޮފް ދި އިޔަރ ވިލާ ހަކަތަ އަށް!
25 Dec 2023 ވިޔަފާރި

މަސީގެ ސިމެންޓް ސަޕްލަޔަރ އޮފް ދި އިޔަރ ވިލާ ހަކަތަ އަށް!

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)ގެ 'ބިލްޑާ އެވޯޑްސް'ގައި 'ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ' އެވޯޑު ވިލާ ހަކަތައަށް ލިބިއްޖެ އެވެ. ރޭ ހޮޓެލް ޖެންގައި ބޭއްވި އެ...

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...