އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހަކު ހޯދަނީ
އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ފުލުހުންގެ ތަހުގީގަށް އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހުރިތޯ ބަލަން އިއުލާންކޮށްފިއެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ 16:28 ހާއިރު އައްޑޫ ސިޓީ ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން 83 އަހަރުގެ މީހާއަށް ވަނީ ސީރިޔަސް އަނިޔާތަކެއް ވެފައެވެ. މި އެކްސިޑެންޓުގައި އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުން ދާކަަމަށް ފުލުުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް މީހަކު ހުރި ނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުމަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް